"ކްރޯޑުޕަތީ" ޝޯވ ގައި ރާއްޖެ އާއި ގުޅޭ ސުވާލެއް

"ކްރޯޑުޕަތީ" ޝޯވ ގައި ރާއްޖެ އާއި ގުޅޭ ސުވާލެއް

Author
ފާތިމަތު ނާވީ
06 ޑިސެމްބަރ 2023 02:19
0

ސޮނީ ޓިވީ އިން މެގަ ސްޓާ އަމިތާބް ބަަޗަން ގެނެސްދޭ ކުއިޒް ޝޯވ "ކޯން ބަނޭގާ ކަރޯޑްޕަތީ" ގައި ރާއްޖޭ އާއި ގުޅުން ހުރި ސުވާލެއް ކޮށްފިއެވެ.

އެންމެ ފަހުން އޮންއެއާ ކުރި އެ ސިލްސިލާގެ ޝޯވ އެއްގައި އަމިތާބް ވަނީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އާއި ގުޅޭ ސުވާލެއް ކޮށްފައިއެވެ. އެ އެޕިސޯޑުގެ ނުވަ ވަނަ ސުވާލުގެ ގޮތުގައި ހިމެނީ، މިދިއަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރައްވައި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ކޮން ގައުމެއްގައިތޯ އެވެ.

އެ އާއި އެކުގައި ޝޯވ ގެ ބައިވެރިއާ ވަނީ ވަރަށް ފަސޭހަ ކަމާއެކުގައި އެ ސުވާލުގެ ޖަވާބު ރަނގަޅު ކޮށްފައިއެވެ. އިތުރަށް އޭނާ ބުނީ ރައީސުލްޖުމްހުރިއަޔާ ޑރ މުއިއްޒުގެ ވެރިކަމެއްގައި 'އެންޓި އިންޑިއާ ޕޮލިސީ' ގެންގުޅޭނެ ކަމަށް ދުނިޔޭން ވެސް ގަބޫލުކުރި ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.