ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން ފިލައިގެން ދާން މަސައްކަތް ކުރި ދުބާއީގެ ވެރިޔާގެ ދަރިކަނބަލުން ޕްރިންސެސް ލަތީފާގެ ހަޔާތަށް ސީރީޒެއް ހެދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ފަށައިފި އެވެ.
މި ވެބް ސީރީޒް ނެޓްފްލިކްސް އަށް އެ ސީރީޒް ޕްރޮޑިއުސްކޮށްދެނީ އެ ޕްލެޓްފޯމުން ގެނެސްދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ އެހެން ސީރީޒެއް ކަމަށްވާ "ދަ ވިންޓަ ޕެލެސް"ގެ އުފެއްދުންތެރިޔާ ލިންޑްސީ ޝަޕޭރޯ އެވެ.
ޝެއިޚް މުޙައްމަދު ބިން ރަޝީދު އަލް މަޚްތޫމްގެ 25 ދަރީންގެ ތެރޭގައި ހިމެނޭ ޕްރިންސެސް ލަތީފާ ވަނީ 2018 ވަނަ އަހަރު އެޤައުމުން އޭނާއަށް މިނިވަން ކަމެއް ނެތް ކަމަށް ބުނެ ޤައުމުން ފިލަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފިއްލަވައިގެން ވަޑައިގެން އިންޑިއާ ކަނޑުގައި ބޯޓެއްގައި ހުންނަވަނިކޮށް ކޮމާންޑޯއިން ވަނީ ޕްރިންސަސް ލަތީފާ ހައްޔަރުކޮށްގެން ދުބާއީއަށް ގެންގޮސްފައެވެ.
ފިންލޭންޑްގެ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ "ޔެލޯ ފިލްމް އެންޑް ޓީވީ" އިން ގެނެސްދޭ މި ސީރީޒަށް ކިޔަނީ "ދަ އެކްސޭޕް" އެވެ. މި ސީރީޒްގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް އަންނަ އަހަރު ފަހުކޮޅު ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ޕްރިންސެސް ލަތީފާގެ ބައްޕާފުޅު، ޝެއިޚް މުޙައްމަދު ބިން ރަޝީދު އަލް މަޚްތޫމްއަކީ ދުނިޔޭގައި އެންމެ މުއްސަނދި އެއް ލީޑަރުގެ އިތުރުން ދުބާއީގެ ވެރިޔާގެ އަދި، ޔުނައިޓެޑް އަަރަބް އެމިރޭޓްސްގެ ބޮޑު ވަޒީރެވެ.
ކޮމެންޓު ފޮނުވާ