ފަޒުލްގެ އިސްތިއުފާއާއެކު މަޖިލިހުގައި ސަރުކާރު ތަމްސީލުކުރާ މެމްބަރުންގެ އަދަދު 4 އަށް ތިރިވެއްޖެ

ފަޒުލްގެ އިސްތިއުފާއާއެކު މަޖިލިހުގައި ސަރުކާރު ތަމްސީލުކުރާ މެމްބަރުންގެ އަދަދު 4 އަށް ތިރިވެއްޖެ

Author
ހުސެއިން
29 ނޮވެމްބަރ 2023 02:51
0

އާބަންކޯގެ މެނޭޖިން ޑައިރެކްޓަރުކަމުގެ މަގާމާ ހަވާލުވުމަށް، ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ މެމްބަރުން ފަޒުލް ރަޝީދު މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއެކު، ރައްޔިތުންގެ މަޖިލިހުގައި ސަރުކާރު ތަމްސީލުކުރާ މެމްބަރުންގެ އަދަދު 4 އަށް ތިރިވެއްޖެއެވެ.

ފަޒުލް އިސްތިއުފާ ދެއްވުމާއެކު ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީ މިހާރު ތަމްސީލު ކުރައްވަނީ ތުލުސްދޫ ތާއިރާމެމްބަރު ނަސީމްއާއި ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ. އޭގެ އިތުރުން ދެން ތިއްބަވަނީ ސަރުކާރަށް ނިސްބަތްވާ ޕީޕީއެމްގެ ދެ މެމްބަރުން ކަމަށްވާ، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުއާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއެވެ.

މަޖިލީހުގައި ޕާޓީތައް އެކުލެވިގެންވާ ގޮތް

  • އެމްޑީޕީ – 56 މެމްބަރުން
  • ދަ ޑިމޮކްރެޓްސް – 13 މެމްބަރުން
  • ޕީޕީއެމް – 2 މެމްބަރުން
  • ޕީއެންސީ – 2 މެމްބަރުން
  • އެމްޑީއޭ – 2 މެމްބަރުން
  • ޖުމްހޫރީ ޕާޓީ – 2 މެމްބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ – 3 މެމްބަރުން

އެމްއެންޕީގެ 2 މެމްބަރުން މަޖިލިހުގައި ތިބެއެވެ. އެއީ އެޕާޓީގެ މެމްބަރުކަމުގައި ހުންނެވި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މެމްބަރުކަމުން އިސްތިއުފާ ދެއްވާ ބަންޑާރަ ނައިބުކަމަށް ވަޑައިގެންނެވުމާއި ގުޅިގެންނެވެ.

އެމްއެންޕީއަށް މަޖިލިހުގައި އެޕާޓީ ތަމްސީލުކުރުމުގެ ފުރުސަތު މިހާރު ލިބިފައެއް ނޯވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.