ސްޓެލްކޯއަށް ފަހުމީ، އާބަންކޯއަށް ފަޒުލް އައްޔަން ކޮށްފި

ސްޓެލްކޯއަށް ފަހުމީ، އާބަންކޯއަށް ފަޒުލް އައްޔަން ކޮށްފި

Author
ހުސެއިން
28 ނޮވެމްބަރ 2023 06:04
0

ސްޓޭލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ އައްޔަން ކޮށްފިއެވެ.

އޭނާ ސްޓެލްކޯއާއި ގުޅިވަޑައިގެންފައިވަނީ 1998 ވަނަ އަހަރުއެވެ. އެއަށްފަހު އިނގިރޭސިވިލާތުން މަތީ ތައުލީމު ހާސިލް ކުރެއްވުމަށްފަހު އޭނާވަނީ އެ ކުންފުނީގެ އެކައުންޓިން ޑިޕާޓްމަންޓުގެ ގިނަ މަގާމްތަކެއް އަދާ ކުރައްވާފައެވެ. އެނާ ވަނީ އެކުންފުނީގައި 25 އަހަރު ޚިދުމަތް ކުރައްވާފައެވެ.

ނިމިދިޔަ ރައީސް ސާލިހުގެ ވެރިކަމުގައި ސްޓެލްކޯގެ އެމްޑީކަމުގައި ހުންނެވީ އަހުމަދު ޝަރީފްއެވެ.

އޭގެ އިތުރުން ޕީސީބީން މިއަދުވަނީ އާރބަންކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށްވެސް ބޭފުޅަކު ހަމަޖައްސާފައެވެ. އެކުންފުންޏަށް އައްޔަން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދެވެ. އޭނާއަކީ ކުރިން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.