ކުރެހުންތެރިޔާ ލައިލީގެ ފޮޓޯ މައުރަޒު "އެކެއް" ނެޝަނަލް އާޓް ގެލެރީގައި ފަށައިފިއެވެ.
ނެޝަނަލް އާޓް ގެލަރީގައި ރޭގައި ފެށި "އެކެއް މައުރަޒު" އިފްތިތާޙުކޮށްދެއްވީ ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހިމްއެވެ.
މި މައުރަޒު އިފްތިތާހު ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މި މައުރަޒުގެ ނަމަކީ ދިވެހިންގެ ދިވެހި ވަންތަކަމާއި ގުޅިފައިވާ ނަމެއް ކަމަށެވެ." އެކެއް" މާނަކޮށްފައިވަނީ ދިވެހިންގައި ހުންނަ އެއްގޮތް އެއްކަހަލަ ސިފަތަކަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތުގެ ތަޞައްވަރުގައިވެސް އޮންނަނީ ދިވެހިންނަކީ އެއްބަހަކުން ވާހަކަ ދައްކާ، އެއް ޘަގާފަތެއް ޙިއްސާކުރާ، އެއް ދީނަކަށް އުޅޭ، އެއް އާދަކާދަތަކެއް ގެންގުޅޭ، އެއްބައެއްވަންތަ އެކުވެރި ބައެއްކަމުގައެވެ. މިކަމުގެ ސަބަބުން ދިވެހިން އެކަކު އަނެކަކަށް އިޚުތިރާމުކުރާ އެކުވެރި އެއްބައެއްވަންތަ ގޮތުގައި ތިބުމީ ދިވެހީންގެ ޘަގާފަތާއި ގޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އެކެއް މައުޒަރުން ފެންނަ މި މަސައްކަތުން މި ޖީލުގެ ޒުވާނެއްގެ ހިތުގައިގައި މިގޮތައް ދިވެހިރާއްޖެ ސިފަވެގެން ދިއުމަކީ ވަރަށް އުންމީދީ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ. އަދި ޤައުމިއްޔަތުގެ މަޝްރޫޢުގައި ދިވެހި ޒުވާނުންގެ ހިތްތަކުގައި ދިވެހިވަންތަ ސިފަ ޖެއްސެވުމަށް ވަރަށް ބޮޑު ބައެއް ހިމެނިފައި އޮންނާނެކަންވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ނެޝަނަލް އާޓް ގެލަރީގައި މިއަދު ފެށި މި މައުރަޒު ކުރިއަށް ދާނީ 21 ނޮވެންބަރު 2023އިން 1 ޑިސެންބަރު 2023ގެ ހެންދުނު 10:00އިން ރޭގަނޑު 22:00އަށެވެ.
ކޮމެންޓު ފޮނުވާ