އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެ ބްރިޖް އެޅުމަށް ބޭނުން ކުރަމުންއައި ޕްލެޓްފޯމް ވިލިމާލެ ފަރަށްއަރާ، ފަރުމަތީގައި އޮތް މުއްދަތުގައި ފަރަށް ބޮޑެތި ގެއްލުންތަކާއި ގުޅިގެން 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ނިންމި ނިންމުން އޮތްގޮތަށް ދަމަހައްޓާ، ޖޫރުމަނާ ކުޑަ ނުކުރުމަށް ނިންމައިފިއެވެ.
އެފްކޮންސްއިން ބުރިޖް އެޅުމަށް ގެނައި ޕްލެޓްފޯމެއް ވިލިގިނލީ ފަރަށް އަރާ، ފަރަށް ލިބިފައިހުރި ބޮޑެތި ގެއްލުންތައް ހާމަވެގެން ގޮސްފައިވަނީ، އެ ޕްލެޓްފޯމް ފާއިތުވި 2022 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 28ވަނަ ދުވަހު ފަރުމަތިން ނަގެމާއެކު، ފަރަށް ލިބިފަހުރި ގެއްލުންތައް ދިރާސާ ކުރުމަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓީމެއް އެސަރަހައްދަށް ފީނައިގެން ނަގާފައިވާ ފޮޓޯތައް އާންމު ކުރުމާއެކުއެވެ.
ދެ ހަފްތާއެއްހާ ދުވަހު ޕްލެޓްފޯމް އެސަރަހައްދުގައި ފުން ނުކުރެވި އޮތުމަށްފަހު ފުންކޮށް ހެދި ދިރާސާއިން ދައްކާގޮތުގައި އެ ސަރަހައްދުގައި 10 ފޫޓުގެ ބޮޑެތި ވަޅުގަނޑުތަކެއް ވަނީ ހެދިފައެވެ. މިއީ އެސަރަހައްދަށް ލިބިފައިވާ އިއާދަނުކުރެވޭވަރުގެ ގެއްލުމެއްކަމަށް ތިމާވެށީގެ މާހިރުން ވިދާޅުވެއެވެ.
އީޕީއޭއިން އޭރު ބުނީ، ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުންތައް ސާރވޭކޮށް އެފްކޮންސްއަށް ރިޕޯޓް ފޮނުވުމުން އޭގައި ހުރި ބައެއްކަންކަން ޤަބޫލު ނުކޮށް، އެދުނީ އަލުން ސާރވޭ ކުރުމަށްކަމަށެވެ.
މި މައްސަލައާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން ހެދި ސާވޭ އަށް ފަހު، އެ ކުންފުނި 69 މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ އަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމުގައެވެ. އަދި މިނިސްޓްރީން އެގޮތަށް ނިންމީ ބޯޓުގެ ވެރިފަރާތުން މިދިޔަ އަހަރު ޑިސެމްބަރު ހަތެއްގައި އީޕީއޭގެ ނިންމުން މިނިސްޓަރަށް އިސްތިއުނާފުކުރުމާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް ފަހުގައި ކަމަށް ވެސް އެ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ބުނެފައިވަނީ ނަގަންޖެހޭ ކޮންޓްރޯލް މެޝާރސްތައަށް އެޅިނަމަ އެ ހާދިސާއިން ސަލާމަތްވާވުމުގެ ފުރުސަތު ކޮންޓްރެކްޓަރަށް އޮތްކަމަށް މިނިސްޓްރީން ބެލި ބެލުންތަކުން ފާހަގަ ވެފައިވާ ކަމުގައެވެ.
އެންވަޔަރމަންޓް މިނިސްޓްރީން ބުނެފައިވަނީ މިގޮތަށް ކުރެވޭ ޖޫރިމާނާތަކުން ލިބޭ ފައިސާއިން، ނުވަތަ އެފައިސާއިން ބައެއް ނަމަވެސް ތިމާވެށިގެ ގޮތުން ލިބޭ ގެއްލުން އިއާދަކުރުމަށް ހޭދަ ކުރުމުގެ ފުރުސަތި އީޕީއޭއަށް ލިބިގެން ދިއުމަކީ މުހިންމު ކަމެއް ކަމުގައެވެ.
އެގޮތުން އީޕީއޭގެ އެންވަޔަރަމަންޓް ރެސްޓްރޯޝަން ފަންޑަށް، މި މައްސަލައިގެ ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ އިން 15 މިލިއަން ރުފިޔާ ޖަމާ ކުރުމަށް ނިންމާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އޭގެ އިތުތުން ފަރަށް ލިބުނު ގެއްލުންތައް އިއާދަކުރުމަށާއި، މިފަދަ މަސައްކަތްތަކުގައި އީޕީއޭގެ ގާބިލްކަން އިތުރުކުރުމަށްވެސް މިފައިސާއިން ހޭދަ ކުރެވޭނެކަމަށްވެސް ބުނެފައި ވެއެވެ.
ޖަމާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި މި ފައިސާ ވިލިމާލެ ފަރަށް ލިބުނު ގެއްލުން ރަނގަޅު ކުރުމަށާއި އަދި މިފަދަ މަސައްކަތްތައް ކުރުމަށް އީޕީއޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އީޕީއޭއިން އާންމު ކޮށްފައިވާ ފޮޓޯޓަކަކީ ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އެފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ފަރަށް ފީނުމަށްފަހު ނަގާފާއިވާ ފޮޓޯތަކެކެވެ.
ބްރިޖް ޕްލެޓްފޯމް ފަރުމަތިން ނުނެގި ގިނަ ދުވަސް ވަމުގެ ސަބަބުން މީގެކުރިން އީޕީއެއަށާއި އަދި ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްއަށްވެސް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.
އިހުމާލުން ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކަކަކީ، އިހުމާލުވާ ފަރާތްތަކުން ބޮޑު އަދަދުތަކުން ޖުރިމާނާ ދައްކާން ޖެހޭ ސީރިއަސް މައްސަލައެއް ކަމެވެ. އިހުމާލުން ރާއްޖޭގެ ނާޒުކު ފަރުތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާންޖެހޭގޮތަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަނީ ވަރަށް ބޮޑެތި ޖުރިމާނާ ތަކެވެ.
ކޮމެންޓު ފޮނުވާ