ސިވިލް ކޯޓުގެ ގާޒީ ކަމަށް ޒާލިފް އައްޔަންކުރަން ނިންމައިފި

ސިވިލް ކޯޓުގެ ގާޒީ ކަމަށް ޒާލިފް އައްޔަންކުރަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2023 05:52
0

ސިވިލް ކޯޓުގެ ގާޒީ ކަމަށް ގއ. ގެމަނަފުށި، އޯކިޑުމާގެ، އާދަމް ޒާލިފް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް އާދަމް ޒާލިފް އައްޔަންކުރުމަށް ނިންމީ ފަނޑިޔާރުން އައްޔަންކުރުމުގައި ޖޭއެސްސީއަށް ލަފާދޭ ކޮމިޓީން އިންޓަވިއުކުރުމަށްފަހު އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައެވެ. އާދަމް ޒާލިފްއަކީ ވިލާ ކޮލެޖްއިން ބެޗްލާ އޮފް ޝަރީއާ އާއި މާސްޓާ އޮފް ޝަރީއާ ޙާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

ޝަރުޢީ ދާއިރާގައި ހަތް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު ޓްރައިބިއުނަލްގެ މެންބަރުކަން އަދާކުރައްވާ، ވަކާލާތުކުރައްވާ އަދި ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަގާމު ޒާލިފް އަދާކުރެއްވިއެވެ.

ޒާލިފް ގާޒީ ކަމަށް އައްޔަންކުރަން ނިންމިއިރު އޭ.އެންޑް ޒެޑް އެސޯސިއޭޓްސް އެލް.އެލް.ޕީގެ މެނޭޖިން ޕާޓްނަރުގެ މަގާމު އައީ އަދާ ކުރައްވަމުންނެވެ. ސިވިލް ކޯޓަށް ގާޒީއަކު ހޯދަން ޖޭއެސްސީ އިން އިއުލާނު ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

އެ ކޯޓުގެ ގާޒީކަމުގެ މަގާމަށް އިއުލާނު ކުރުމުން ކުރިމަތިލެއްވީ 15 ބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.