ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތި ލެއްވީ އެންމެ ބޭފުޅަކު

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތި ލެއްވީ އެންމެ ބޭފުޅަކު

Author
ހުސެއިން
24 އޮކްޓޯބަރ 2023 09:17
0

ހައިކޯޓުގެ ފަނޑިޔާރުކަމަށް އިއުލާން ކުރުމުން އެމަގާމަށް އެންމެ ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ. މިމަގާމަށް ކުރިމަތިލައްވާފައިވަނީ އެ ކޯޓުގެ 11 ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝަހީދު އެކަންޏެވެ. އެމަގާމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވެފައިވަނީ ފާއިތުވި ހަފްތާގައެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެމަގާމުގައި ހުންނެވި ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ. އޭނާ ރިޓަޔަރ ކުރެއްވުމާއި ގުޅިގެން އެ ކޯޓު ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވީވެސް ފަނޑިޔާރު ހުސެއިން ޝަހީދެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ފާއިތުވި މާރޗްމަހުވެސް ހުޅުވާލާފައި ވެއެވެ. އެހެންނަމަވެސް އެފަހަރު އެއްވެސް ބޭފުޅަކު އެމަގާމަށް ކުރިމަތި ލާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.