މެޗަކުން ބަލިނުވެ ބަޔާން ދެވަނަބުރަށް

މެޗަކުން ބަލިނުވެ ބަޔާން ދެވަނަބުރަށް

Author
އިބްރާހީމް ސާޢިދު
10 ޑިސެމްބަރ 2020 11:15
0

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެޗަކުން ބަލިނުވެ ބަޔާން މިއުނިކުން މުބާރާތުގެ ގުރޫޕްސްޓޭޖުގެ މެޗުތައް ނިންމާލާފިއެވެ.

އަމިއްލަ ދަނޑުގައި ބަޔާންކުޅެ މޮޅުވީ ލޮކެމޯޓިވް މޮސްކޯއާ ވާދަކޮށް 2-0 ލަނޑުންނެވެ. މުބާރާތުގެ ބަޔާން އިން ވަނީ މިމެޗާއެކު ބަލިނުވެ 17 މެޗު ހަމަކޮށްފައެވެ. މިދިޔަ ސީޒަންގައި މުބާރާތް ކާމިޔާބުކުރި އިރު ބަޔާންއިން ވަނީ މުބާރާތުގެ 11 މެޗު ކާމިޔާބުކޮއްފައެވެ. މި ސީޒަންގައި އެޓީމު އެއްވަރުވެފަވަނީ ގުރޫޕްގެ އެންމެ މެޗަކުންނެވެ. އެއީ އެތުލިޓިކޯ މެޑްރިޑްއާ ވާދަކޮށް 1-1 ލަނޑުންނެވެ.

ރޭ ގުރޫޕްގައި އެތުލެޓިކޯއިން ވަނީ ސަލްޒްބާގް އާއި ވާދަކޮށް 2-0 ލަނޑުން ކުރި ހޯދާ މުބާރާތުގެ ދެވަނަ ބުރު ޔަގީންކޮށްފައެވެ. ބަޔާން މުބާރާތުގެ ދެވަނަ ބުރަށް ޖާގަ ހޯދީ ގުރޫޕްގެ އެއްވަނައިގައި ކުޅުނު 6 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ޓީމެއްގެ ގޮތުގައި އެތުލެޓިކޯ ދިޔައީ 9 ޕޮއިންޓް ހޯދައިގެންނެވެ. 4 ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނަ ހޯދައިގެން ސަލްޒްބާގް ވަނީ ޔޫރަޕާ ލީގުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ. ލޮކެމޯޓިވް މޮސްކާ ވަނީ މުބާރާތުން ކަޓައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.