ޏ.ފުވައްމުލަކު ސިޓީ ކުނިގޮނޑުގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ހާމަ ކޮށްފައިވާގޮތުގައި މި ހާދިސާގެ މަޢުލޫމާތު، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް މިއަދު ހެނދުނު 7:44 ހާއިރު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުންނެވެ.
މިގޮތުން، ކުނިގޮނޑުގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތުގައި، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންނާއި ފުވައްމުލަކު ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ހަރަކާތްތެރިވަމުން ދާކަމުގައި އެމްއެންޑީއެފްއިން ބުނެފައި ވެއެވެ
ކޮމެންޓު ފޮނުވާ