ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ފަޒުލް ހަމަޖައްސައިފި

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ފަޒުލް ހަމަޖައްސައިފި

Author
އަހުމަދު
12 އޮކްޓޯބަރ 2023 11:46
0

ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހަމަޖައްސައިފިއެވެ.

އެކަން އިއުލާން ކުރެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ފަޒުލް ހޮވިވަޑައިގަންނަވާފައިވާ ކަމަށާއި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށްފަހު ޕީއެންސީގެ މަގާމުތަކަށް ބަދަލުތައް ގެންނަމުން އަންނައިރު، އެ ފާޓީގެ ރައީސްގެ މަގާމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ހަމަޖައްސައިފައެވެ. އަދި ނައިބު ރައީސްގެ މަގާމަށް އިންތިހާބީ ނައިބު ރައީސް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވަނީ ހަމަޖައްސައިފައެވެ.

މީގެކުރިން ޕީއެންސީގެ ރައީސްގެ މަގާމު އަދާކުރެއްވީ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ހަމަޖައްސާފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.