"އާރިއާ 3″ ގެ ދައްކާލުމެއް

"އާރިއާ 3″ ގެ ދައްކާލުމެއް

Author
ފާތިމަތު ނާވީ
10 އޮކްޓޯބަރ 2023 08:31
0

ބަތަލާ ސުޝްމިތާ ސެންގެ ވެބްސީރީޒް "އާރިޔާ" ގެ ތިންވަނަ ސީޒަންގެ ކުރި ވީޑިއޯ ކޮޅެއް ދައްކާލައިފިއެވެ.

މި 10 ވަރަކަށް ސުކުންތުގެ މި ދައްކައިލުމުގައި ވަނީ މި ޑްރާމާ ސްޓްރީމިން އަށް ނޮވެމްބަރު މަހުގައި ދޫކޮށްލާނެ ކަމަށް ބުނެފައިއެވެ. މީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ވެބް ސީރީޒްއެކެވެ.

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)

 

ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ސްޓްރީމްކުރާ "އާރިއާ"ގެ ދެވަނަ ސީޒަން ވަނީ އެމީ އެވޯޑަށް ވެސް ނޮމިނޭޓުވެފަ އެވެ. ސުޝްމީތާ ޓައިޓްލް ރޯލް ކުޅޭ "އާރިއާ" އަކީ 2016 ގައި "ނީރްޖާ" ޑައިރެކްޓްކުރި ރާމް މަދުވާނީ ގެނެސްދޭ ސީރީޒެކެވެ.

މީގެ ފުރަތަމަ ސީޒަން ގައި ޖުުމްލަ 9 އެޕިސޯޑް ގެނެސްދިނެވެ. އަދި ޖެހިގެން އައި 2021 ގައި މިގެ ދެވަނަ ސީޒަން އެއް ދެއްކި އިރުގައި ޖުމްލަ 8 އެޕިސޯޑް ގެނެސްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.