"ދޯ ޕައްތީ" އަށް ޝަހީރު ސޮއިކޮށްފި

"ދޯ ޕައްތީ" އަށް ޝަހީރު ސޮއިކޮށްފި

Author
ފާތިމަތު ނާވީ
09 އޮކްޓޯބަރ 2023 08:37
0

މީގެ ކުރިން އެކުގައި މަސައްކަތް ކޮށްފައިވާ ދެ ތަރިން ކަމުގައިވާ ކާޖޮލް އާއި ކްރިތީ ސެނޮން އެކުގައި ފެނިގެންދާ ދެވަނަ ފިލްމް "ދޯ ޕައްތީ" އަށް މަޝްހޫރު ޓީވީ އެކްޓަރު ޝަހީރު ޝެއިހް ސޮއިކޮށްފިއެވެ.

މި ދެތަރިން އެކުގަިއ ފެނިގެންދިއައީ 2015 ވަނަ އަހަރުގައި ރޯހިތް ޝެޓީ ގެނެސްދިން ފިލްމް "ދިލްވާލޭ" އިންނެވެ. މިފިލްމް އަކީ ކާޖޮލް އާއި ކްރިތީ އެކުގައި ފެނިގެންދިއަ ފުރަތަމަ ފިލްމްއެވެ. މި ފިލްމްގައި ވަރުން ދަވަން އަދި ޝާހުރުކް ހާންވެސް އެދެތަރިންނާއި އެކުގައި ފެނިގެންދިއައެވެ.

ނެޓްފްލިކްސްއާ ގުޅިގެން މިސްޓްރީ ތުރިލާ ޖޯންރާގެ މި ފިލްމަކީ ކްރިތީގެ އަމިއްލަ ފިލްމު ކުންފުނި، ބްލޫ ބަޓަ ފްލައި ފިލްމްސް އާއި ސްކްރީން ރައިޓަރު ކަނިކާ ދިލަންގެ ކާތާ ފިކްޗާސް ގުޅިގެން އުފައްދާ ފުރަތަމަ ފިލްމެވެ. "ދޯ ޕައްތީ" އާ އެކީ ކަނިކާ ޑައިރެކްޝަނަށް ނުކުންނާނެ އެވެ.

 

View this post on Instagram

 

A post shared by Shaheer Sheikh (@shaheernsheikh)

ކާމިޔާބު ޑްރާމާ ތަކެއް ކުޅެފައިވާ ޝަހީރު އަކީ ސޮނީ ޓީވީން ގެނެސްދިން "ކުޗް ރަންގް ޕިޔާރު ކޭ އެއިސޭ ބީ" އާއި ސްޓާ ޕްލަސްގެ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ ބަތަލެވެ. ޝަހީރު އެންމެ ފަހުން ފެނިފައި ވަނީ ސްޓާ ބާރަތުއިން ދާދި ފަހުން ނިންމައިލި "ވޯ ތޯ ހޭ އަލްބޭލާ" އިންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.