އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސް މަގާމުން ދުރުކޮށްފި

އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސް މަގާމުން ދުރުކޮށްފި

Author
ހުސެއިން
04 އޮކްޓޯބަރ 2023 02:04
0

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 234 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ މަޖިލިހުގެ ރައީސް، ރިޕަބްލިކަން ޕާޓީގެ މެމްބަރު ކެވިން މެކާތީ މަގާމުން ދުރުކޮށްފި އެވެ.

ރިޕަބްލިކަން ޕާޓީގެ ރައީސްކަމަށް ރިޕަބްލިކަން ޕާޓީގެ ކެވިން މެކާތީ މަގާމުން ދުރުކުރުމަށް ޑިމޮކްރެޓުން ވަނީ ކަނާތު ފިޔައިގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާ އެއްކޮޅަށް ވޯޓް ދީފަ އެވެ. މިއީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައިވާ ރިޕްބްލިކަން ޕާޓީގެ ތެރެއިން ފެނިގެންދިޔަ، ކުރިން ގިނަބަޔަކު ހީކޮށްފައި ނުވާ ބޮޑު ބަދަލެކެވެ.

އަންގާރަ ދުވަހު ނެގި 216-210 ނަތީޖާގެ ވޯޓާ އެކު، މެކާތީއަށް ތާއީދުކުރާ މެމްބަރެއް ކަމަށްވާ ރިޕަބްލިކަން ރެޕްރެޒެންޓޭޓިވް ޕެޓްރިކް މެކްހެންރީ ވަގުތީ ގޮތުން ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވި އެވެ. އެމަނިކުފާނަށް ޚިދުމަތް ކުރެވޭނީ ވަރަށް މަދު މުއްދަތަކަށެވެ- އެއީ ޤާނޫނީ ގޮތުން ތިން ދުވަހާ (ތިން ޖަލްސާއާއި) ހަމައަށެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ވަގުތީ ރައީސްގެ މަސްއޫލިއްޔަތުތަކަކީ ޗެމްބަރުގެ ޤަވާއިދުތަކާއި އިޖުރާއަތުތަކަށް ބަލާއިރު މަސްއޫލިއްޔަތުތައް އެހާ ސާފު މަގާމެއް ނޫނެވެ. "މަޖިލީހުގެ ރައީސް ނުވަތަ ސްޕީކަރ ޕްރޯ ޓެމްޕޯރ އިންތިޚާބު ކުރެވެންދެން، މަޖިލީހުގެ ރައީސްގެ އޮފީހުގެ އެފަދަ ބާރުތައް އެބޭފުޅަކު ބޭނުންކުރެއްވިދާނެ" އެވެ. ޗެމްބަރުގެ ގަވާއިދުގައި ބުނެފައި ވެއެވެ.

ކެވިން މެކާތީގެ މަގާމުން ދުރުކޮށްފައިވަނީ އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ކަނާތު ފިޔައިގެން މެމްބަރުން އޭނާއާއި ދެކޮޅަށް ކުރި މަސައްކަތަކަށް ފަހުއެވެ. މިއީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސްއަކު އިތުބާރު ނެތްކަމުގެ ވޯޓުން ބަލިވި ފުރަތަމަ ފަހަރެވެ.

އޭނާގެ ޕާޓީގެ ހަރުކަށި ފިކުރުގެ މީހުން އޭނާއާ ދެކޮޅަށް ވޯޓު ދިނީ ސަރުކާރުގެ އިދާރާތަކަށް ފަންޑު ކުރުމަށް ސެނެޓްގެ ޑިމޮކްރެޓުންނާ އެކު އެއްބަސްވުމެއް ހަދާފައި ވަނިކޮށެވެ.

މިވަގުތު ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ އަޣުލަބިއްޔަތު ބަލަހައްޓާނެ ބޭފުޅަކު ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް އެމެރިކާގެ ސަރުކާރު އަނެއްކާވެސް ބަންދުވިޔަ ނުދިނުމަށް ޓަކައި އެއްބަސްވުމަކަށް އައުމަށް ކޮންގްރެސްއަށް އޮތީ އެންމެ 40 ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.