ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމު، އެމްޑީޕީ ވާންވީ ޒިންމާދާރު އިދިކޮޅު ޕާޓީއަށް: މުއިއްޒު

ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމު، އެމްޑީޕީ ވާންވީ ޒިންމާދާރު އިދިކޮޅު ޕާޓީއަށް: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
02 އޮކްޓޯބަރ 2023 10:16
0

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށްފަހު ރާއްޖޭގެ ވެރިކަމާއި، ޕީޕީއެމް/ޕީއެންސީން ހަވާލުވުމުން އެމްޑީޕީގެ ދައުރަކަށް ވާންވީ ވަރަށް ޒިންމާރު ކަމާއިއެކު ސަރުކާރު ޖަވާބުދާރީކުރާ ޕާޓީއަކަށް ވުމަށް ކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ދެއްވި ތާއީދަށް ޝުކުރު އަދާކުރެއްވުމަށް މިރޭ ބޭއްވި ޚާއްސަ ހަފްލާފައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމުގައި އޮންނަ ޕާޓީ ޒިންމާދާރު ކުރުމަށް، އިދިކޮޅު ޕާޓީގެ ދައުރަކީ ރިޔާސީ ނިޒާމެއްގައި ވަރަށް މުހިންމު ދައުރެއް ކަމަށެވެ. ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށްފަހު ރާއްޖޭގެ ވެރިކަމާއި ޕީޕީއެމް/ޕީއެންސީން ހަވާލުވުމުން އެމްޑީޕީ ވާންވީ ވަރަށް ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ޒިންމާދާރު ކުރުމަށް އެމްޑީޕީން ކުރައްވާ މަސައްކަތުގައި އެންމެ މުހިންމު ކަމެއް ދޭންޖެހޭނީ ޤައުމީ މަސްލަހަތާއި، ޤައުމުގެ ބޮޑެތި ކަންކަމުގައި އެކަތި ގަނޑަަކަށް ވުންކަމަށެވެ. ސިޔާސީ ގޮތުން ޚިޔާލް ތަފާތުވުމަކީ މައްސަލައެއް ނޫންކަމަށާއި، ނަމަވެސް ޤައުމީ ކޮންމެ ކަމެއްގައި އަބަދުވެސް އިސްކުރަންޖެހޭނީ ޤައުމީ މަސްލަހަތު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޒިންމާދާރު މަސައްކަތްތަކެއް ކުރުމަށް އެމްޑީޕީން ތައްޔާރުވާންވީ. ޒިންމާދާރު އިދިކޮޅު ފަރާތްތަކުން ސިޔާސަތުތަކަށް ފާޑު ވިދާޅުވާނެ. ނަމަވެސް ޤައުމީ ކަންކަމުގައި އެއްބައިވަންތަކަން އިސްކުރަން އެދެން.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަން ދިވެހި ރައްޔިތުން ވަނީ ބުނެފައި ކަމަށެވެ. ނިޒާމު ބަދަލު ކުރުމަކީ ތާއީދު ކުރައްވާ ކަމެއް ނޫންކަމަށާއި، ރައްޔިތުން ނިންމާފައިވާ ނިންމުމުގައިވެސް ސާފުވާން އޮތް ކަމަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް މުއިއްޒު ވަނީ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން އެދެނީ ޤައުމުގެ ހަމަޖެހުން ކަމަށާއި ކޮންމެ ދުވަހަކު ނޫނީ ތާއަބަދު މުޒާހަރަކޮށް މަގުތަކުގައި ތިބުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.