މުޢިއްޒަށް ފުރުޞަތު ލިބެންޖެހޭ، ބަރުލަމާނީއަށް "ނޯ": ފައްޔާޒް

މުޢިއްޒަށް ފުރުޞަތު ލިބެންޖެހޭ، ބަރުލަމާނީއަށް "ނޯ": ފައްޔާޒް

ގުޅުންހުރި

ޑރ.މުޙައްމސދު މުޢިއްޒަށް ފަސް އަހަރު ދުވަހުގެ ދައުރެއް ލިބެންޖެހޭކަމަށާއި، ބަރުަމާނީ ނިޒާމް ގެންނަވަން ތާޢީދު ނުކުރައްވާކަމަށް ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ %50 ތާޢީދު އެމަނިކުފާނަށް އޮތްނަމަ އެމްޑީޕީއާއި ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވުމާއި ގުޅިގެން ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ބައެއް މެންބަރުން ވިދާޅުވީ ރައީސް ނަޝިދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ތާޢީދު ނުކުރާކަމަށެވެ. އަދި ރައީސް ނަޝީދު ބޭނުންފުޅުވާ ބަރުލަމާނީ ނިޒާމު ގެނައުމަށްވެސް ތާޢިދު ނުކުރައްވާކަމަށް ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވިއެވެ.

ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ މަތިން ދިވެހިން ވަނީ އެމީހުންގެ ވެރިއެއް ކުރިއަށް އޮތް ފަސް އަހަރަށް އިންތިޚާބުކޮށްފައި. އެމްޑީޕީ ވެގެން ނުވާނެ ރައްޔިތުންގެ ނިންމުން އަނބުރާލާ ބަޔަކަށް. ބަރުލަމާނީ ނިޒާމޭ ކިޔައިގެން ރައްޔިތުންގެ ނިންމުން ބޮލާލާއި ނުޖެހޭނެ. ޑރ.މުޢިއްޒަށް ފުރުޞަތު ލިބެންޖެހޭ.

ފައްޔާޒް ވަނީ އެމްޑީޕީން ދެން ކުރަންޖެހޭ ކަމަކީ ޑިމޮކްރަސީގެ ހަމަތަށް އައު ސަރުކާރުން ހިފަހައްޓާތޯ މަސައްކަތްކުރުންކަމަށްވެސް ވިދާޅުވެފައެވެ.

ޤައުމީ މަޖިލީހަށް ފައްޔާޒް ފޮނުއްވި މެސެޖުގައި ވަނީ "އެމްޑީޕީގެ ޤައުމީ މަޖިލީހުގެ %50 ތާޢީދު އޮތްނަމަ އަޅުގަނޑު އެމްޑީޕީއާއި ގުޅެން ތައްޔާރު" ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒްގެ މި މެސެޖަށް ކުރެއްވި ރިޕްލައިގައި ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެެއަރޕާސަން އިބްރާހީމް ވަޙީދު ވިދާޅުވީ އެކަމަށް ތާއީދު ނުކުރައްވާކަަމަށެވެ.  ނަމަވެސް ޢައުމީ މަޖިލީހުގެ އެހެން ބައެއް މެންބަރުން އެކަމަށް ތާޢީދު ކުރައްވާކަން ހާމަކޮށްފައިވެއެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލުތަފާތުވުމުގެ ތެރެއިން އެޕާޓީން ވަކިވެވަޑައިގެން ބައެއް މެންބަރުން އުފެއްދެވި ޕާޓީއެކެވެ. ރައީސް ނަޝީދުވެސް އެޕާޓީއާއި ގުޅިވަޑައިގަތުމަށްފަހު ވިދާޅުވެފައިވަނީ އެމްޑީޕީން އެމަނިކުފާނު ވަކިވެވަޑައިގަތީ ނޫންކަމަށާއި، އެކިދުވަހު އެމަނިކުފާނު އެކަހެރިކުރައްވަމުން ގެންގޮސް ޕާޓީން ދުރުކުރެއްވީކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރައ ޑިމޮކްރެޓްސްއިންވެސް ވާދަކުރިއެވެ. އެޕާޓިގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ އިންތިޚާބުގެ 3ވަނަ އެވެ. މިއާއެކު އެމްޑީޕީން ދަ ޑމިކްރެޓްސްއާއި ގުޅެން ބޭނުންވިއެވެ. ނަމަވެސް ޑިމޮކްރެޓުންގެ ޑިމާންޑުތަކަށް އެމްޑީޕީއަށް ޤަބޫލުނުކުރެވިގެން ޑިމޮކްރެޓުން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތިޔަ އަންނި އަކީ ޕާރޓީގެ އަދި މުޅި މިދިވެހި ގައުމުގެ ވެސް ހަލާކެވެ. ދެން ގާތްވިޔަ ނުދޭތިއެވެ. ދެން އޮންނަ މަޖްލިސް އިންތިޚާބަކުން ވަކިވެ އެދިޔަ އެކަކަށްވެސް ގޮނޑި އަނބުރާ ނުހޯދަެނެއެވެ. އަމިއްލަ އަށް އިގިރޭސި ވިލާތަށް ފެއްސޭށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ