ރިޔާސީ އިންތިޚާބުން ލިބުނު ބޮޑު ކާމިޔާބާއިއެކު ރޭ ދަންވަރު ގެއަށް ވަޑައިގެންނެވުމުން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަންމާފުޅުގެ ފަރާތުން ހޫނު މަރުޚަބާއެއް ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ނަތީޖާ ގުނަމުންދިޔައިރުވެސް މުއިއްޒު އިންނެވީ ޕީޕީއެމްގެ ލީޑަރޝިޕާއިއެކުގައެވެ. އަދި އެއަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށްފަހު މުއިއްޒު ގެޔަށް ވަޑައިގެންނެވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެވަގުތު މުއިއްޒަށް ގެއިން އެންމެ ފުރަތަމަ މަރުޚަބާ ވިދާޅުވީ މަންމާފުޅެވެ. މުއިއްޒު މަންމަ ވަނީ މުއިއްޒުގެ ގައިގައި ބާރަށް ބައްދާލުމަށްފަހު ލޯތްބައިއެކު މަރުޚަބާ ދަންނަވާފައެވެ.
މުއިއްޒުއަށް އޭނާގެ މަންމަ ކިޔާފައިވާ ހޫނު މަރުޚަބާ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ދައުރު ކުރަމުންނެވެ. އަދި މިއީ މުއިއްޒުގެ ޢާއިލީ ގުޅުން ރަމްޒުކޮށްދޭ ވަރަށް ރީތި މިސާލެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
https://www.facebook.com/thaakihaa.bey/videos/846940573574582/?mibextid=v7YzmG
ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި މުއިއްޒުގެ ޢާއިލާއާއި ގުޅޭގޮތުން ސާބިތުނުހިފޭ އެކިވާހަތަކަށް ބައެއް މީޑިއަތަކާއި ސޯޝަލް މީޑިއާގައި ދައުރު ކޮށްފައެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަން މުއިއްޒުގެ ޢާއިލާއިން ތަކުރާރުކޮށް ގެންދިޔައީ ވިދާޅުވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 126586 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %54.05 އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95 އެވެ.
ކޮމެންޓު ފޮނުވާ