ބޮޑެތި އާބާދީތަކުގެ ނަތީޖާތައްވެސް ބުރަވަނީ މުއިއްޒު ކޮޅަށް!

ބޮޑެތި އާބާދީތަކުގެ ނަތީޖާތައްވެސް ބުރަވަނީ މުއިއްޒު ކޮޅަށް!

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2023 07:02
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ މިހާތަނަށް ގުނުނު ނަތީޖާތައް ދައްކާގޮތުން ކުރީގައި ޑރ. މުއިއްޒު ކުރި ހޯއްދަވައިފިއެވެ.

މިހާތަނަށް ގުނި ބޮޑެތި އާބާދީތަކުގެ ތެރެއިން، މާލެ، ހުޅުމާލެ އައްޑޫ ސިޓީ، ފުވައްމުލަށް ފަދަ ބޮޑެތި ތަންތަނުގެ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ ޑރ. މުއިއްެވެ. މުއިއްޒު ގެންދަވަނީ ރައީސް ޞާލިހާއި އޮތް ވޯޓުގެ ފަރަގު ބޮޑު ކުރަމުންނެވެ. މިހާތަނަށް ގުނުނު ބޮޑެތި އެހެން އާބާދީތަކަށް ބަލާއިރު، ލ. އަތޮޅާއި ބ. އަތޮޅާއި، ރ. އަތޮޅުންވެސް ކުރީގައި އުޅުއްވަނީ ޑރ. މުއިއްޒުއެވެ.

މިހާތަނަށް 170 އަށް ވުރެ ގިނަ ފޮށީގައި ނަތީޖާ ލިބިފައި ވާއިރު ކުރީގައި އުޅުއްވަނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. ގުނި ވޯޓުގެ 54 ޕަސެންޓް މުއިއްޒަށް ލިބިވަޑައިގެންފައިވެވެއެވެ.

މިހާރު ގުނަމުންދާ ވޯޓު ފޮށިތަކުގެ ނަތީޖާތަކަށް ބަލާއިރު މުއިއްޒު ދަނީ ވޯޓުގެ ފަރަގު ބޮޑުކޮށް ބޮޑެތު އާބާދީތަކުން ބޮޑު ތަނުން ކުރި ހޯއްދަވަމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުން އެއްވަނަ ކެންޑިޑޭޭޓުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.