ބަންޑާރަ ނައިބު އަހުމަދު އުޝާމް.

ސަރުކާރު އިދާރާތައް ބޭނުންކޮށްގެން އެންޓި-ކެމްޕެއިން ކުރާ މައްސަލަ ބަލަން އުޝާމް ގޮވާލައްވައިފި

ސަރުކާރު އިދާރާތައް ބޭނުންކޮށްގެން އެންޓި-ކެމްޕެއިން ކުރާ މައްސަލަ ބަލަން އުޝާމް ގޮވާލައްވައިފި

ގުޅުންހުރި

މިހާރު ފެންނަނީ ސަރުކާރުގެ އޮފީސްތައް ބޭނުންކޮށްގެން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތްތައްކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަންގެ ބައިވެރިވުމާއެކު ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ދޮންމަންމާފުޅާއި ގުޅޭ ވާހަކަތަކެއް ޢާންމުކޮށް އެމަނިކުފާނަށް އެންޓި-ކެމްޕެއިން ކުރަމުންދާކަމަށް ތުހުމަތުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅަށް ރާއްޖެއަށް ނާދެވޭ ގޮތަށް ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ބްލެކް ލިސްޓުކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ރޭ އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އުޝާމް ވަނީ، ގާނޫނާ ހިލާފަށް ކަމެއް ހިނގާފައިވާކަމަށް ދެކޭނަމަ މިވޭތުވެދިޔަ 5 އަހަރު މިމައްސަލަ އިމިގްރޭޝަނަށް ހުށަނޭޅީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

އިންތިހާބުތަކާ ދިމާކޮށް ސަރުކާރުގެ އިދާރާތައް ބޭނުންކޮށްގެން އެންޓިކެމްޕެއިން ކުރުމަކީ @ElectionsMv އިން ބަލަންޖެހޭ ކަމެއް.

– އުޝާމް ވިދާޅުވިއެވެ.

މުއިއްޒުގެ ބައްޕާފުޅު އަވަހާރަވުމަށް ފަހު، ދޮންމަންމާފުޅު ނުހައްގުން ޑީޕޯޓްކޮށްލި ކަމަށް ބުނެ "އަދަދު" ނޫހުން ވަނީ ޑޮކިއުމަންޓްރީއެއް އާންމުކޮށްފައެވެ. މިއާއެކު ސަރުކާރާއި އިމިގްރޭޝަނަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެކަމާއި ގުޅޭގޮތުން ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ، ޒާތީ ގޮތުން ޖައްސާލި ނަމަވެސް ހާސްވާން ޖެހޭ ފަދަ އެއްވެސް ކަމެއް ނެތްކަމަށެވެ. އަދި ޖަވާބު ނުދެވޭނެ އެެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެއްވެސް މީހެއްގެ ހައްގަކަށް އަރައި އެއްވެސް މީހަކަށް ދެރައެއް ދީފައި އަނިޔާ ދީފައި ނޯންނާނެ،

– ޑރ،މުޢިއްޒު ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ