ދީނީ އިލްމްވެރިންނާމެދު ރައްޔިތުންގެ ގިނަ ބަޔަކު މިއަދު އިތުބާރު ނުކުރަނީ ޑރ.އިޔާޒްފަދަ ބޭފުޅުންގެ ފިތުނަވެރި އަމަލުތަކުގެ ސަބަބުންކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ، ރާއްޖޭގެ ބިމުން ބޭރު ފަރާތްތަކަށް ބިން މިލްކުރެވޭގޮތަށް ޤާނޫނު ބަދަލުކުރީ ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ރައީސް ޢަބްދުﷲ ޔާމީންކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވުމާއި ގުޅިގެންނެވެ.
އިޔާޒްގެ އެވާހަކަފުޅަށް ރައްދުދެއްވައި އުޝާމް ވިދާޅުވީ، ބިން މިލްކުރެވޭގޮތަށް ފާސްކުރިއިރު ޕީއެންސީ ކިޔާ ޕާޓިއެއް ނޯންނަކަމަށެވެ. އަދި އެ އިޞްލާހު ފާސްކުރީ މިއަދު ވެރިކަމުގައި އޮތް އެމްޑީޕީގެވެސް ވޯޓާއެކުކަމަށް އުޝާމް ވިދާޅުވިއެވެ.
ޑރ.އިޔާޒަށް އުޝާމް ރައްދު ދެއްވާފައިވާއިރު، ޑރ.އިޔާޒް ގެންދަވަނީ ރައީސް ޞާލިހާއި އެމްޑީޕީގެ ސަރުކާރު ދިފާއުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރިޔާސީ އިންތިޚާބުގައިވެސް އިޔާޒް ތާޢީދުކުރައްވަނީ ރައީސް ޞާލިޙަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އުޝާމް ތާޢީދުކުރައްވަނީ ޑރ.މުޙައްމަދު މުޢިއްޒަށެވެ.
ކޮމެންޓު ފޮނުވާ