ސިވިލް ކޯޓުގެ އިސްގާޒީ ނިމާލް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސްގާޒީ ނިމާލް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

Author
މުޙައްމަދު ޝަޒައިމް
20 ސެޕްޓެމްބަރ 2023 07:13
0

ސިވިލް ކޯޓުގެ އިސްގާޒީ އަހްމަދު ނިމާލް ޖުނައިދު ރޭ ދަންވަރު ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.

މިދިޔަ މެއި މަހު އިސްގާޒީ ކަމުގެ މަގާމަށް އައްޔަންކުރެއްވި ނިމާލް އަވަހާރަވީ އުމުރުން 36 އަހަރުގައެވެ.

ނިމާލް ކުއްލި ގޮތަކަށް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް މަރާ ގުޅޭ ގޮތުން އަދި ތަފްސީލެއް ނުލިބޭތީ އެކަށް ކަށަވަރެއް ނޫނެވެ. ނިމާލްގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވި މާޗް މަހު އެވެ. އެ ކޯޓުގެ އެންމެ ޒުވާން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިމާލް އިސްގާޒީ ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވީ އަލީ ރިޓަޔާކުރެއްވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދުމަހުއަ
އަޅުގަޑަށް ވިސްނޭ ގޮތުގައި ފަނޑިޔާރުންނާ އެފެންވަރުގެ ބޭފުޅުންނަށް ޢިއްޒަތް ދޭންވާނެ އެއީ ކުޑަ ޢާއިލާއެތޯ ބޮޑު ޢާއިލާއެއްތޯ ބަލާކަށް ނުޖެހޭނެ ރަސްމަތިފުށު ބޭފުޅެއްތޯ އެ މަރޮޙޫމާައަށް ކަށުނަމާދު ކުރަން އެންމެރަނގަޅީ އިސްލާމީ މަރުކަޒު ނުވަތަ ސަލްމާން މިސްކިއް ރާއްޖޭގައި ތިބި ދީނީ ޢިލްމުވެރިންގެ ތެރެއިން ކޮންމެވެސް މީހަކު