ޔޫއެން ޖެނެރަލް އެސެމްބްލީ ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުން ތަގުރީރު ކުރައްވަން ފައްޓަވައިފި

ޔޫއެން ޖެނެރަލް އެސެމްބްލީ ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުން ތަގުރީރު ކުރައްވަން ފައްޓަވައިފި

ޔުނައިޓެޑް ނޭޝަން ޖެނެރަލް އެސެމްބްލީގެ 78 ވަނަ ސެޝަން އެމެރިކާގެ ނިއުޔޯކު ސިޓީގައި ފެށިއްޖެއެވެ. މިއަރުގެ ޖެނެރަލް އެސެމްބްލީގައި، ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް 140 ގައުމެއްގެ އެންމެ އިސްވެރިން ބައްދަލު ކުރައްވާނެއެވެ.

ކޮންމެ އަހަރަކުވެސް އޮންނަ ޔޫއެންގެ އެންމެ މުހިންމު އިވެންޓުގެ ގޮތުގައި ފާހަގަކޮށްލެވޭ "އާންމު ބަހުސް" ގައި، ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް އެގައުމުތަކާއި އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ތަގްރީރު ކުރުމަށް 15 މިނިޓްގެ ވަގުތުކޮޅެއް ލިބިލައްވާނެއެވެ.

މިއަހަރުގެ ޖެނެރަލް އެސެމްބްލީ ސެޝަންއަށް، ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ ދާއިމީ 5 މެމްބަރު ގައުމުތަކުގެ ތެރެއިން ގައުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑްން އެކަންޏެެވެ.

އޭގެ އިތުރުން، މިއަހަރުގެ ސެޝަން ވެގެންދަނީ، ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށިފަހުން އެގައުމުގެ ރައީސް ވޮލޮޑޮމިރު ޒެލެންސްކީ ޔޫއެންއަށް ވަޑައިގެން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ސެޝަން ކަމުގައެވެ.

ޔޫއެންގައި މިހާރު ކުރިޔަށްދާ ޖެނެރަލް އެސެމްބްލީ ސެޝަންގައި ވާހަކަ ދައްކަވަމުން އުރުދުން ރަސްގެފާނު ވަނީ އިޒްރާއީލުގެ އުދުވާންގެ ކުރިމަތީ ފަލަސްތީނަށް އެހީތެރިކަން ނުފޯރުކޮށްދެނީ ކީއްވެތޯ ދުނިޔޭގެ ގައުމުތަކާ ސުވާލު ކުރައްވާފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، އިސްރާއީލު ފަލަސްތީނު މައްސަލައަކީ އަދިވެސް އަރަބި ބައްރުގެ އެންމެ ބޮޑު މައްސަލަކަން ފާހަގަ ކުރައްވާފައެވެ.

އަދި ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ކޮލަންބިއާގެ ރައީސް ޕެޓްރޯ ވަނީ ފަލަސްތީނުގެ މައްސަލައާއި ޔޫކުރެއިން މައްސަލައާއި އެއްވެސް ތަފާތެއް ނެތްކަމުގައި ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *