ފުވައްމުލަކު އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެ

ފުވައްމުލަކު އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެ

Author
އައިޝަތު އަޙްމަދު
12 ސެޕްޓެމްބަރ 2023 12:22
0

ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެއެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

މަރުވެފައިވަނީ ފުވައްމުލަކު ދެބުދާރުގެ އުމުރުން 30 އަހަރުގެ އިސްމާޢީލް ޙަސަން ކިޔާ މީހެކެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ހޮނިހިރު ދުވަހުގެ ރޭ 22:55 ހާއިރު ފުވައްމުލަކު ނައިބުތުއްތު މަގުން އޭނާ ދުއްވި ސައިކަލް ބަމްޕަރަކަށް އަރައި ކަހާލައިގެންކަމަށާއި، އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައީ އާދިއްތަ ދުވަހުކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ލ. ގަމުގައި ކަރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައިވެސް މީހަކު މަރުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.