ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.
ޝައިޚު ޒައިދު ޑރ.މުއިއްޒުއަށް ތާއީދު ކުރެއްވިކަން ހާމަކޮށް ކުރެެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޤައުމުގެ ރައީސްކަމަށް އެންމެ ޤާބިލް ބޭފުޅަކީ ޑރ.މުއިއްޒު ކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ. އަދި ޑރ. މުއިއްޒަށް ތައީދުކޮށް ރައްޔިތުން ވޯޓު ދެއްވުމަށްވެސް ޝައިޚު ޒައިދު ވަނީ އެދިވަޑައިގެންފައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުގެ ތާއީދު އޮތީ ޑރ. މުހައްމަދު މުއިއްޒު އަށް! މިގޮތަށް މިނިންމީ މިވަގުތު ޤައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެނޑިޑޭޓަކީ ޑރ. މުޢިއްޒު ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭތީވެ! ދުޢާއަކީ މާތް ރަސްކަލާންގެ ހެޔޮތައުފީޤު ދެއްވުން! އާމީން.
– ޢަލީ ޒައިދު ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ….
ޝައިޚު ޒައިދުގެ ތާއީދު ޑރ.މުއިއްޒަށް ކުރެއްވިއިރު ގާތް އެކުވެރިޔާ ޑރ.އިޔާޒު ތާއީދު ކުރައްވަނީ ރައީސް ޞާލިހަށެވެ. ނަމަވެސް އިޔާޒުގެ ބައްޕާފުޅުގެ ތާއީދުވެސް އޮތީ ޑރ. މުއިއްޒުއަށެވެ.
ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ ތާއީދު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އޮތީ ޑރ. މުއިއްޒުއަށެވެ. ޢިލްމުވެރިންގެ ގުޅުމުގައި ހިމެނޭ ޢިލްމުވެރިންގެ މެދުގައި ނެގި ވޯޓުގައި ޑރ.މުއިއްޒަށް 82 އިންސައްތަ ލިބުނު އިރު މުއިއްޒާއި ކިރިޔާވެސް ވާދަކުރައްވާ ރައީސް ޞާލިހަށް ލިބިވަޑައިގެންނެވީ 4 އިންސައްތަ ވޯޓެވެ.
ޢިލްމުވެރިންގެ ގުޅުމުން ވަނީ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާ ކެންޑިޑޭޓުންނާއިވެސް ބައްދަލުކޮށް ޢިލްމުވެރިންގެ ބޭނުންވާ މައުލޫމާތުތައް ސާފު ކުރައްވާފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރެއް އޮންނަ ނަމަ ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
2 Responses
ރައީސް 4% އުމަރަށް 9%. ޢޮޅުވާނުލައްވާ
ސާބަސް އަސައިޙު އަލީޒައިދު އަށް ތިޔަ ނިންމެވީ
ނިންމުމަށް އިހުތިރާމް ކޮއް ހުރިހާ އިލްމުވެރިން ވެސް
އަށްސައިޚު އަލީޒައިދުގެ ނިންމެވުމައް އިހުތިރާމް ކޮއް ޒައިދު
ނިންމެވުމާ އެއްގޮތައް އަމަލު ކުރަށްވަމާތޯ