ޒުވާނުން ހާސް ކަނޑާލާ، ޕާކިންގ ޖޫރިމަނާ ޒީރޯއަށް ޖައްސާލަ ދޭނަން: ޑރ.މުއިޒު

ޒުވާނުން ހާސް ކަނޑާލާ، ޕާކިންގ ޖޫރިމަނާ ޒީރޯއަށް ޖައްސާލަ ދޭނަން: ޑރ.މުއިޒު

ރިޔާސީ އިންތިހާބު ކާމިޔާމު ކުރެއްވުމަށްފަހު، ގަވާއިދާ ހިލާފަށް ޕާކު ކުރުމުން ޖަހާ ސްޓިކާގެ ޖޫރިމަނާ އެއްކޮށް މާފުކޮށް ޖޫރިމަނާތައް ޒޯރީގައި ޖައްސާލަ ދޭނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރިއަރަމުން އަންނަ ޒުވާނުން ގެނެސްދޭ ޓޯކް ޝޯއެއްގައި މުއިއްޒު ވަނީ ވަރަށް ފޯމަލްކޮށް އެޒުވާނުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވައި ޒުވާނުންގެ އުންމީދުތަކާއި ގުޅޭގޮތުން ހުރި ކަންކަން ހިއްސާ ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ ޕާކް ކުރާނެ ތަނެއް ނުދައްކައި ޕާކިން ސްޓިކާ ނުޖަހާނެކަމަށް ބުނި ނަމަވެސް މިސަރުކާރުން އެކަން ކުރީ އެއާއި ދިމާ އިދިކޮޅަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރުން އެގޮތަށް ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާތައް މަޢާފްކޮށް ދެއްވާނެކަމަށެވެ.

އެކަމާއި ހާސްނުވޭ. ހުރިހާ ޕާކިން ޖޫރިމާނަތައް ހަމަ ޒޯރޯގަ ޖައްސާނަން. އެއީ ކުރާނެ ކަމެއް.

– މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވާ ދެކަމަކީ ބޯހިޔާ ވަހިކަމާއި، ވަޒީފާ ކަމަށެވެ. މި ދެކަންތައްވެސް ޒުވާނުން ބޭނުން ގޮތަށް ކޮށްދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ކޮންމެ ޒުވާނަކަށް އެފޯޑަބަލް ގޮތަކަށް ބޯހިޔާވަހިކަން ފަހިކޮށްދީ ކޮންމެ ޒުވާނަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެކަމަށެވެ. އަމިއްލަޔަށް އިމާރާތް ކުރުމުގެ ތަނަސްކަން ނެތް ޒުވާނުންނަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ގެތަށް އިމާރާތްކޮށް ލުއި ލޯނުތައް ހަމަޖައްސައި ކުޑަ އިންޓަރެސްޓް ލޯނުގައި ދެއްކޭނެ ގޮތްތައް ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ހަމަ މިއާއިއެކު ޒުވާނުންނަށް ބޭނުންވާ ވަޒީފަގެ ފުރުސަތުތައް ފަހިކޮށް، ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށެވެ. ޒުވާނުން އެންމެ ޝައުގުވެރިވާ ދާއިރާތަކުން އެފުރުސަތުތައް ފަހިކޮށް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ޝޯގައި މުއިއްޒު ވަނީ އޭނާ ސަޕޯޓް ކުރާ ކުލަބަކީ މެންޗެސްޓަރ ޔުނައިޓެޑް ކަމަށް ބުނެފައެވެ. އަދި އެންމެ ސަޕޯޓް ކުރާ ކުޅުންތެރިޔަކީ މެސީކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *