ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ޒުވާނަކު ހައްޔަރުކޮށްފި

ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ޒުވާނަކު ހައްޔަރުކޮށްފި

Author
އަހުމަދު
24 ޖޫން 2026 09:19
0

ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި 25 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ހަވީރު ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، އިހާޒް، މުހައްމަދު އަނޫފް އެވެ. އޭނާގެ ބަންދަށް ލުޔެއް ދިނުމަށް ކޯޓުގައި އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަނޫފް އާއި އިތުރު މީހަކު ގުޅިގެން ފިލުވާލުމަށް އެހީތެރިވެދީފައިވަނީ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި މީހެކެވެ. ނަމަވެސް، މި މައްސަލައިގެ އިތުރު ތަފްސީލެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.