ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މި މަގާމަށް ނިޒާރަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ. އޭނާގެ ނަންފުޅު މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައިވަނީ މި ހިނގާ މަހުގެ 17 ވަނަ ދުވަހުއެވެ. މަޖިލީހުގެ ތަޅުމުން މިގޮތަށް ފާސްކޮށްފައިވަނީ، ނިޒާރުގެ ނަންފުޅު ދިރާސާކުރި ކޮމިޓީންވެސް އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަކަމަށް ނިންމައި ފާސްކޮށްފައި ވަނިކޮށެވެ.
ޕީސީބީގެ ރައީސްގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިއީ ނިޒާރު މި މަގާމާ ހަވާލުވެވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށްވެސް އޭނާ ވަނީ ޕީސީބީގެ ރައީސްކަމުގެ މަގާމު ފުރުއްވާފައެވެ.
ކޮމެންޓު ފޮނުވާ