ޑރ. މުއިއްޒު ދަތުރު ކުރައްވާނީ ރައީސް ޔަމީންގެ ތަރައްޤީގެ ޢަމާޒަށް: ސައީދު

ޑރ. މުއިއްޒު ދަތުރު ކުރައްވާނީ ރައީސް ޔަމީންގެ ތަރައްޤީގެ ޢަމާޒަށް: ސައީދު

Author
މުޙައްމަދު ޝަޒައިމް
03 ސެޕްޓެމްބަރ 2023 11:49
0

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދަތުރު ކުރައްވާނީ ރައީސް ޔާމީންގެ ތަރައްޤީގެ ޢަމާޒަށް ކަމުގައި ޕީއެންސީގެ ނައިބް ރައީސް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި މިރޭ ލ. ގަމުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުން ކުރިމަތިލާއިރު ފެންނަން އޮތް ހަގީގަތަކީ ދިވެހި ޤައުމު ދަރަނިވެރިވެ ބޮޑު އަނދަވަޅެއްގައި އޮތްތަން ކަމަށެވެ. ޤައުމުގެ ދަރަނި އިންތިހާއަށް ދަރަނިވެރި ވެފައިވާއިރު މިހާރުވެސް މިސަރުކާރުން ލިބޭ އެއްޗަކަށް ވުރެ ބޮޑު އެއްޗެއް ދަނީ ޚަރަދު ކުރަމުންކަމަށް ސައީދު ވިދާޅުވިއެވެ.

ލިބޭ އާމްދަނީއަށް ބެލުމެއްނެތި އިންތިހާއަށް ޚަރަދުކޮށް ގައުމު ދަރަނިވެރި ކޮށްލުމަށްފަހު އަނެއްކާވެސް ރައްޔިތުންގެ ބޮލުގައި އިތު ދަރަނި އެޅުވުމަށް ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މިކަންކަން ބަދަލުކޮށް ޢަރަވެރި ޤައުމަކަށް ރާއްޖެ ހެދުމަށް ޑރ.މުއިއްޒު ގެންގުޅުއްވާ ތަސައްވަރާއި އަމާޒު ހުރީ ސީދާ ރައީސް ޔާމީންގެ ތަސައްވަރާއި އަމާޒަށް ކަމަށެވެ.

ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ގެނެސް ދިނުމުގައިި ރައީސް ޔާމީންގެ ދަރިވަރަކު ނިކުމެ ކުރައްވާނީ ހަމަ އެކަނިކުފާނުގެ މަސައްކަތް ކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.