56 ޕަސެންޓަށްވުރެ އެންމެ ވޯޓެއްވެސް އެމްޑީޕީއަށް މަދެއް ނުވާނެ، ޑިމޮކްރެޓްސް ދާނީ 4 ވަނައަށް: ފައްޔާޒު

56 ޕަސެންޓަށްވުރެ އެންމެ ވޯޓެއްވެސް އެމްޑީޕީއަށް މަދެއް ނުވާނެ، ޑިމޮކްރެޓްސް ދާނީ 4 ވަނައަށް: ފައްޔާޒު

ގުޅުންހުރި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީ އެއްބުރުން ކާމިޔާބު ކުރާނެ ކަމަށާއި، ފުރަތަމަ ބުރުގެ ނަތީޖާއިން އެމްޑީޕީއަށް ލިބޭ ވޯޓު 56 އިންސައްތައަށްވުރެ އެންމެ ވޯޓެއްވެސް މަދު ނުވާނެކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި "އުފާވެރި މާލެ" ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން ޑާޓާ ބަލަހައްޓަމުންދަނީ އޭނާ ކަމަށާއި، އެޕާޓީގެ މެމްބަރުންނަށް އޭނާ ޔަގީންކޮށް އަރުވަން ބޭނުންވަނީ ފުރަތަމަ ބުރުގެ ނަތީޖާ އަންނައިރު 56 ޕަސެންޓަށްވުރެ އެންމެ ވޯޓެއްވެސް މަދު ނުވާނެ ކަމުގައެވެ.

މިއަދު މި ކެމްޕޭނުގަ އެބުނާ ޑޭޓާ ބަލަހައްޓާ ކުއްޖަކީ އަޅުގަޑު. ތިބޭފުޅުންނަށް ޔަގީންކަމާ އެއްކޮށް، ޔަގީންކަމާ ކަށަވަރުކަމާ އެއްކޮށް އަޅުގަޑު މި ދަންނަވަނީ %56 އަށްވުރެ އެންމެ ވޯޓެއްވެސް، އެންމެ ވޯޓަކުންވެސް އަޅުގަޑުމެން ތިރިއެއް ނުވާނެ. %56 އަށްވުރެ އެންމެ ވޯޓެއްވެސް މަދެއް ނުވާނެ.

އެމްޑީޕީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވިއެވެ.

ރޭގެ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރައްވާނީ އެއްބުރުން ކަމަށާއި، މާލެ އަތޮޅާއި، އައްޑޫ ސިޓީން ބޮޑުކޮށް މެޖޯރިޓީ ނަންގަވާނެ ކަމުގައެވެ. ފައްޔާޒު ވިދާޅުވީ ރައީސް ސާލިހު ވިދާޅުވާ ފަދައިން ކޮންމެ ދުވަހަކީވެސް ވޯޓު އިތުރުވާނެ ދުވަހެއް ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އެމްޑީޕީއާއެކު މަސައްކަތް ކުރިބަޔަކު އަނިޔާވެރިކަން އިއާދަކުރަން މަސައްކަތް ކުރާކަމަށާއި ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބަށް އިންތިޚާބުގައި ލިބޭނީ 4 ވަނަ ކަމުގައެވެ. އަދި ފައްޔާޒުވަނީ ރައީސް ސާލިހަށް އޮތް ތާއީދު %60 އަށް އިތުރުކުރުމަށް ޑިމޮކްރެޓްސްއިން އެމްޑީޕީއާއި ގުޅުމަށް ގޮވާލައްވާފައެވެ.

އެކަމަކު ރުޅިވެސް އެބައާދޭ. ރުޅި އަންނަނީ އަޅުގަނޑުމެން މި ކުރި މަސައްކަތް އަޅުގަނޑުމެންގެ ދަރިންނާ ހަމައަށް ދިޔަނުދޭން އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ނުކުމެ މަސައްކަތް ކުރާތީ. އަޅުގަނޑުމެންނާއެކު މަސައްކަތްކުރި ބަޔަކު އެކަން އަނބުރާ އޮތް އަނިޔާވެރިކަން އިއާދަކުރަން މަސައްކަތްކުރާތީ. އަމިއްލަ އެދުމުން ފުރިގެން އެކަން ކުރާތީ. އާދެ އަޅުގަނޑު ދަންނަވާނީ ހެޔޮވިސްނުން ގެންނާށޭ. ވެރިކަން ނުލިބުނީމަ ވެރިކަމުގެ ބޭނުމުގައި ނޫނީ ސަރުކާރުގައި ބޭނުންވާ ވަރަށް ބައިވެރިނުވީމަ އެއީ ދެން ތިބޭ ރައްޔިތުންނަށް އޭގެ ހަސްކާ ދޭންޖެހޭ ކަމެއް ނޫން. އާދެ! އަޅުގަނޑުމެންގެ ތެރެއިން ވަކިވެގެން ގޮސް އައު ޕާޓީއެއް ހަދައިގެން އުޅޭ ޑިމޮކްރެޓްސްގެ އާއްމު މެންބަރުންނަށް މިދަންނަވަނީ ތިބޭފުޅުންގެ ކެންޑިޑޭޓު ދާނީ ހަތަރުވަނައަށޭ.

ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސް ލަބީބަށް ރިޔާސީ އިންތިޚާބުގައި ލިބޭ ވޯޓު ގާސިމް އިބުރާހިމަށްވުރެވެސް މަދުވާނެކަމަށް މޭރުން ކުރައްވަމުން ފައްޔާޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ