ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދީގެން ހޮނިހިރު ދުވަހުގެރޭ ބަހުސް ބާއްވާން ނިންމައިފި

ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދީގެން ހޮނިހިރު ދުވަހުގެރޭ ބަހުސް ބާއްވާން ނިންމައިފި

ރިޔާސީ އިންތިޚާބޔުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދީގެން ބަހުސް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ފުރަތަމަ ސަންގު ބަހުސް ބޭއްވުމަށް ހަމަޖެއްސީ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ރިޔާސީ ބަހުސް ބާއްވާފަދައިން، ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައެވެ. އެހެން ނަމަވެސް ރައްޔިތުންގެ ހިޔާލަށް ހުޅުވާލުމަށްފަހު، ރައްޔިތުން އެދުނު ގޮތަށް މިހާރު ސަންގުން ވަނީ މި ބަހުސްގައި ހުރިހާ ކެންޑިޑޭޓުންވެސް ބައިވެރިކުރުމަށް ނިންމާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ހަމައެކަނި ބަހުސްއަކީ ސަންގު ބަހުސްއެވެ. މި ބަހުސް ކުރިއަށްގެންދަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއާއި ގުޅިގެންނެވެ. ގައުމީ ޔުނިވާސިޓީގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ރޭވިފައިވާ މި ބަހުސްގައި އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވުމުގެ ދައުވަތުވަނީ ފޮނުވިފައެވެ. މިހާރު ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންގެ އިތުރަށް އަމިއްލަ ކެންޑިޑޭޓުންވެސް ވަނީ ބަހުސް އަށް ދިން ދައުވަތު ގަބޫލުކުރައްވާ އެކަން އަންގާފައެވެ.

ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކެނޑިޑޭޓުން:

– އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

– ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު

– ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް

– އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް

– ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބް

– އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު އުމަރު ނަސީރު

– އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު ފާރިސް މައުމޫނު

– އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑޑޭޓު ހަސަން ޒަމީލް

ސަންގުޓީވީން ރިޔާސީ އިންތިޚާބާ ދިމާކޮށް ބާއްވާ “ސަންގު ބަހުސް” ކުރިއަށް ގެންދަން ބޭނުންވަނީ ރާއްޖޭގެ އެހެން މީޑިއާތަކާވެސް ގުޅިގެންނެވެ. ބަހުސް ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުގެ 21:00 އިން 23:00 އަށެވެ.

ސަންގު ބަހުސް ބާއްވާއިރު ދައުލަތުގެ މީޑިއާއިން ބާއްވަން ނިންމި ބަހުސް ރައީސް ޞާލިހަށް ބައިވެރި ނުވެވޭތީ ވަނީ ކެންސަލްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *