ކަރީނާ ގެ ފިލްމް ގެ ނަމަކީ "ޖާނެ ޖާން"

ކަރީނާ ގެ ފިލްމް ގެ ނަމަކީ "ޖާނެ ޖާން"

Author
ފާތިމަތު ނާވީ
29 އޮގަސްޓް 2023 11:54
0

ބަތަލާ ކަރީނާ ކަޕޫރު ހާން މަސައްކަތް ކުރަމުން އައި ސުޖޯ ގޯޝް ގެ ފިލްމް ގެ ނަމަކީ "ޖާނެ ޖާން" ކަން ހާމަކޮށްފިއެވެ.

މި ފިލްމްގެ މަސައްކަތް އޭނާ ކަރީނާ ކުރަމުން އަންނަނަތާ މިހާރު ވަނީ މަހެއްހައި ދުވަސް ވެފައިއެވެ. މިހާރު ޝޫޓިންގ ނިންމައި ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމް ރިލީޒް ކުރާ ދުވަސް ވެސް މިހާރު ވަނީ އިއުލާން ކޮށްފައިއެވެ.

އަދި މީގެ އިތުރުން ފިލްމް ގެ ޕްރޮމޯޝަން ތަށް ވެސް އަންނަނީ ތަފާތު ގޮތްގޮތަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. މި ފިލްމް ގެނެސްދިނުމަށް ނިންމައިފައިވަނީ ނެޓްފްލިކްސް އިންނެވެ.

މި ފިލްމް އަކީ 2005 ވަނަ އަހަރު ނުކުތް ޖަޕާނުގެ މިސްޓްރީ ކްރައިމް ވާހަކަ ފޮތެއް ކަމަށްވާ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެ ވާހަކަ ފޮތަށް ބިނާކޮށް ސައުތު ކޮރެއާ އިން ވެސް 2017 ވަނަ އަހަރު ފިލްމެއް ހަދާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.