އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ބައިވެރި ނުވެވޭތީ ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސް ކެންސަލް ކޮށްފިއެވެ.
ރިޔާސީ ބަހުސް ބޭއްވުމަށް 8 ކެންޑިޑޭޓުންނަށް ފޮނުވި ދައުވަތު ގަބޫލުކޮށް ޕީއެސްއެމްއަށް އަންގުމުން ދައުލަތުގެ މީޑިއާއިން ވަނީ ބަހުސްއަށް ވާންޖެހޭ ތައްޔާރީވެސް ވެފައެވެ. ނަމަވެސް މިއަދު ކުއްލިއަކަށް ރައީސް ޞާލިހުގެ ތަރުޖަމާން ވިދާޅުވީ އެމްޑީޕީގެ ޖަލްސާއެއް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވާތީ ބަހުސް ފަސް ކުރަން އެދޭކަމަށެވެ.
މިއާއެކު ދައުލަތުގެ މީޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ބައިވެރި ނުވާނަމަ ބަހުސް ކުރިއަށް ގެންދިއުމަކީ އެހާ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އަދި ބަހުސްގެ ތާރީހު ބަދަލު ކުރުމަކީ ކެމްޕޭންތަކަށް ހުރަސް އެޅޭނެ ކަމަކަށްވުމުން ބަހުސް ނުބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.
އަދި ސަންގު ޓީވީން ކުރިއަށް ގެންދާ ބަހުސްގައި ޕާޓްނާ ވެގެން ބަހުސް ކުރިއަށް ގެންދިއުމުގެ އެއްބާރުލުން ދޭކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުސަކީ މިހާތަނަށް ކޮންމެ އިންތިޚާބެއްގައިވެސް ޕީއެސްއެމްއިން ގެންދޭ ބަހުސެކެވެ. މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް ބޭއްވުމަށް ނިންމީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ. ބަހުސްގައި ބައިވެރިވުމުގެ ދަޢުވަތު ކެންޑިޑޭޓުން ވަނީ ގަބޫލު ކުރައްވައި ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އަންގަވާފައެވެ.
ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.
3 Responses
އިބޫއަކީީ އެހެންކެންޑިޑޭޓުންނާް އެއްޕްލެޓްފޯމެއްގަަ ވާދަކުރުމުގެގާބިލުކަންް ހުރިމީހެއްނޫންް ރިޔާސީީ ބަހުސްް އޮންނަވާހަކަަ ބުނީސުރެެ ހުންއަންނަނީީ އެންމެފަހުންް ދުނިޔޭންވެސްް އަމިއްލައައްް މޮޔަގޮތްތައްް ދައްކައިގެންް އެންމެފަހުންް އަމިއްލަޔައްް އާދޭސްކޮއްގެންް ނުފޫޒުބޭނުންކޮއްގެންް ޕީއެސްއެމްް ރިޔާސީބަހުސްް ކެންސަލްކުރުވީމާާ އިބޫގެެ ފެންވަރެއްްނެތްކަންް އެންމެނައްް ގަބޫލުކުރެވިއްޖެެ 2018ގެެ ރިޔާސީބަހުސްގަވެސްް ބައިވެރިނުވާާ ހަމައެކަނިި ކެންޑިޑޭޓަކީީ އިބޫޫ 2023ގެެ ރިޔާސީީ ބަހުސްގަވެސްބައިވެރިނުވާާ ހަމައެކަނިި ކެންޑިޑޭޓަކީީ އިބޫޫ
ބަހުސަކަށްއަރާ ކިޔާނީކީކޭކަން ނޭނގޭމީހަކު ބަހުސައްއަރަނީ ކީއްކުރަން؟
ރއިބުރާހިމަށް ބައިވެރިވާންކެރޭނެތަ، އެމީހެއއގެ ޕުރޮފައިލު ކިއައިދޭން ޖެހިއްޖެއްޔާ ކުރީގާ ތައްޔާރުކޮށް ވިއްކާއުޅުނު ތަކެތީގެ ނަންތައްވެސް ކިއަންޖެހޭނެ ވިއްޔަ އަމިއްލައަތުން ތައްޔާރުކޮށް ވިއްކާއުޅުނީ، ދައުލަތުގެ މީޑިއާގާ ނަންވެސް ކިއާލަން ކެރޭނެ އެއްޗިއްސެއް ނޫން ވިއްޔަ، އެހެންވީމާ ދައުލަތުގެ މީޑިއާއަށްވެސް ނނުފޫޒު ފޯރުވާބިރުދައްކައިގެން ރިޔާސީބަހުސްވެސް ހުއްޓުވޥާފަތިއޮތީ.