ރައީސެއްގެ ކިބާގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ފުރިހަމަވަނީ ޤާސިމްގެ އެކަނި: ވަޙީދު

ރައީސެއްގެ ކިބާގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ފުރިހަމަވަނީ ޤާސިމްގެ އެކަނި: ވަޙީދު

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާއެއްގެ ކިބާގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ފުރިަހަމަވާކަމަށް ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި އއ.ބޮޑުފޮޅުދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަޙީދު ވިދާޅުވީ، ރައީސެއްގެ ކިބާގައި ހުންނަންޖެހޭ ހުރިހާ ޝަރުތަކާ ސިފަތަކެއް ޤާސިމްގެ ކިބާގައި އެބަހުރިކަމަށާއި، އޭގެ ތެރެއިން އެންމެ ފުރަތަމަ ސިފައަކީ އަމާނާތްތެރިކަންކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ މިހާރު ފެންނަނީ ރައީސްކަމަށް ވަޑައިގަންނަވާ ވެރިން، އެބޭފުޅުންގެ އަމިއްލަ ބޭނުންފުޅަށްޓަކައި ރައްޔިތުންގެ ފައިސާގައި ޖެހިވަޑައިގަންނަވާތަންކަމަށެވެ. އަދި ގާތްތިމާގެ މީހުންނަށް ފައިސާކޮޅު ބަހާލާތަންވެސް ބައެއް ވެރިންގެ ކިބައިން ފެންނަކަމަށާއި، މިލިއަނުން ރުފިޔާތައް ބަހާލަމުން ގެންދާކަމަށެވެ. އެހެންކަމުން މިނޫން ދުވަހެއް އަދި އެ ސިފަ ނެތް ވެރިއެއް މިޤައުމަށް ބޭނުންވާކަމަށް ރައީސް ވަޙީދު ވިދާޅުުވިއެވެ. އެފަދަ ވެރިއަކީ ޤާސިމް އިބްރާހީމްކަން ފާހަގަކުރައްވާ ރައީސް ވަޙީދު ވިދާޅުވީ، ޤާސިމަކީ އަމިއްލަ ފޯރުންތެރިކަން ހުރި ބޭފުޅެއްކަމަށެވެ. ޤާސިމް ދައުލަތުގެ އަދި ރައްޔިތުންގެ ލޯ ފައިސާ ފޮއްޗަކަށްވެސް ހިޔާނާތްތެރި ނުވާނެކަމަށް ވަޙީދު ވިދާޅުވިއެވެ.

ރައީސް ވަޙިދު ވިދާޅުވީ ޤާސިމްގެ ކިބާގައި ދެވަނަ ކަމަކަށް ދަރަނި މެނޭޖުކުރުމުގެ ޤާބިލްކަން އެބަހުރިކަމަށެވެ. ރާއްޖެ މިއޮތީ ދަރަނީގެ ދަންތުރެއްގައި ޖެހިފައިކަމަށާއި، ޤައުމު ދަރަނިން ސަލާމަތްކޮށްދީ ރައްޔިތުން މިއަދު ތިބި ހާލަތުން ރައްކާތެރިކޮށްދޭނެ ވެރިޔަކީ ޤާސިމްކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.

 ޤާސިމަކީ އެބޭފުޅާގެ އަމިއްލަ ފޯރުންތެރިކަން ހުރި ބޭފުޅެއް. ރައްޔިތުންގެ ފައިސާއިން އެންމެ ލާރިއެއްގައި ވެސް ޖެހިވަޑައިގަންނަވާކަށް ބޭނުންފުޅެއްނޫން.

– ރައީސް ވަޙީދު ވިދާޅުވިއެވެ.

ރައީސް ވަޙީދު ވަނީ ސުނާމީގައި ރާއްޖެ އޮތް ހާލަތުން ސަލާމަތްކުރުމަށް ބޭރު ޤައުމުތަކުންއެހީ ހޯދުމުގައި ޤާސިމްގެ އިސް ދައުރެއް އޮތްކަން ފާހަގަކުރައްވާފައެވެ.

ރައީސް ވަހީދު ވިދާޅުވީ ތިންވަނަ ކަމަކަށް ގައުމަށާއި އާންމު ރައްޔިތުންނަށް މާޒީގައި ކޮށްދެއްވާފައިވާ ޚިދުމަތްތަކަށްވެސް ބަލަން ޖެހޭކަމަށެވެ. އެ ސިފައަށް ބަލާއިރު ޤާސިމަކީ ވަކިވަކި ފަރުދުންނާއި ދިވެހި އެންމެހާ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާފައިވާ ޚިދުމަތްތެރިއެއްކަމަށެވެ. މިއީ ދެން ތިއްބެވި ހަތް ކެންޑިޑޭޓުންގެ ކިބާގައި ނުވެސް ނެތް ސިފައެއްކަމަށްވެސް ރައީސް ވަޙީދު ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ