މޫނުބުރުގާ އަޅައިގެން ކިޔަވައިދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

މޫނުބުރުގާ އަޅައިގެން ކިޔަވައިދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 އޮގަސްޓް 2023 08:01
0

މޫނު ބުރުގާ އަަޅައިގެން ސްކޫލްތަކުގައި ކިޔަވައި ނުދޭ ގޮތަށް އެޑިއުކޭަޝަން މިނިސްޓްރީން ހެދި އުސޫލު ބަދަލުކޮށްފިއެވެ.

އާ އުސޫލުގައިވާ ގޮތުން، މޫނުބުރުގާ އެޅި ޓީޗަރުން، ކާކުކަން އަންގައިދޭން އަޅަން ޖެހޭނީ ސްޓާފް ކާޑެވެ. އަދި މޫނު ބުރުގާ ނަގައިގެން ހުންނަން ޖެހޭނީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއްގައި އުމުރުން 10 އަހަރު ނުވާ ދަރިވަރުންނަށް ކިޔަވައިދޭ އިރުގައި އެެކަންޏެވެ.

ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ބުނި ގޮތުގައި ސަރުކާރުން އެ ބަދަލު ގެނައީ އެ ޕާޓީން އެދިގެންނެވެ. އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ ހެދުމުގައި ވަޒީފާ އަދާކުރުމަށް އޮތް ފުރުސަތާމެދު އަރާފައިވާ އޮޅުން ފިލާނޭހެން އުސޫލު އިސްލާޙުކުރެއްވި ކަމަށްޓަކައި ޝުކުރުއަދާކުރައްވާ ކަމަށެވެ.

ޢަދާލަތު ޕާޓީން ހުށަހެޅިގޮތަށް ތައުލީމީ ދާއިރާގައި ތިއްބެވި ނިޤާބުކުރައްވާ އުޚުތުންނަށް އިސްލާމީ ހެދުމުގައި ވަޒީފާ އަދާކުރުމަށް އޮތް ފުރުސަތާމެދު އަރާފައިވާ އޮޅުން ފިލާނޭހެން އުސޫލު އިސްލާޙުކުރެއްވި ކަމަށްޓަކައި މިނިސްޓަރް ޑރ. އައިޝަތު އަލީ އަށާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

– އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޓީޗަރުންގެ ސުލޫކީ މިންގަނޑު ކުރިން އޮންނަ ގޮތުން ކިޔަވާ ދޭ ވަގުތު ޓީޗަރުން ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ. އެހެންވުމުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ ފުރުސަތު އޮތީ ބަންދުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.