ޕީއެސްއެމްއަށް ދަރަނީގެ އިތުރު ހުކުމެއް، 700،000 ރުފިޔާ އެއްމަސް ތެރޭ ދައްކަން ހުކުމްކޮށްފި

ޕީއެސްއެމްއަށް ދަރަނީގެ އިތުރު ހުކުމެއް، 700،000 ރުފިޔާ އެއްމަސް ތެރޭ ދައްކަން ހުކުމްކޮށްފި

ގުޅުންހުރި

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ކުރިއަށް އޮތް އެއްމަސް ދުވަހުގެތެރޭ 700،000 ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސަޕްލައިކޮށްދިން ތަކެއްޗަށްވާ ފައިސާގެ ތެރެއިން 752،816ރ. ނުދައްކާ އޮތުމުން އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާއަށް އެ ކުންފުނިން ޖަވާބުދާރީ ވެސް ނުވެއެވެ. މަދަނީ އިޖުރާއަތުގައި ބުނާ 14 ދުވަސް ތެރޭގައި ޕީއެސްއެމް އިން ޖަވާބު ހުށަހަޅާފައިނުވާތީ، ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ވަނީ ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދިފައެވެ. އެއީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޮތް ފުރުސަތަކަށްވާތީ ސިވިލް ކޯޓުން ނިންމީ ޕީއެސްއެމްގެ ޣައިރު ހާޒިރުގައި ހުކުމް ކުރާށެވެ.

ސިވިލްކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ މީޑިއާށް ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސަޕްލައިކޮށްދިން ތައްކެއްޗަށް ވާ ފައިސާގެ ތެރެއިން 752،816ރ. ނުދައްކާ އެބަ އޮތް ކަމާއި، އެއީ އެ ކުންފުންޏަށް ޕީއެސްއެމް އިން ދައްކައި ހަލާސްކުރަން ޖެހޭ ފައިސާއެއްކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޕީއެސްއެމްގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދަރަނީގެ މުހުކުމް ކޮށްފައިވާއިރު ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އަމިއްލަ ފަރާތަކަށް ދައްކަން ޖެހޭ ދަރަންޏެއް އަދާނުކޮށްގެން، ކޯޓު މެދުވެރިކޮށް ހުކުމް ތަންފީޒު ކުރެވެންދެން އެ ކުންފުނީގެ މާލީ މުއާމަލާތްތައް މަޑުޖައްސާލަން ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޕީއެސްއެމްގެ މާލީ މުއާމަލާތްތައް ކޯޓުން ހުއްޓުވާފައިވާއިރު، ދަރަނީގެ އެހެން ބައެއް މައްސަލަތައް ވެސް އެ ކުންފުނީގެ އެބައޮތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ