ސިވިލް ކޯޓަށް ވަގަކު ވަން މައްސަލައެއް ތަހުގީގުކުރަނީ

ސިވިލް ކޯޓަށް ވަގަކު ވަން މައްސަލައެއް ތަހުގީގުކުރަނީ

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2023 08:29
0

ޖަސްޓިސް ބިލްޑިންގގެ ދެވަނަ ފަންގިފިލާގައި ހުންނަ ސިވިލް ކޯޓަށް މީހަކު ވަގަށް ވަތް މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ހުއްދަ ނެތި އެތަނުގެ ތެރެއަށް ވަދެފައިވާ މައްސަލައެއް އިއްޔެ މެންދުރު ފަހު 3:57 ހާއިރު މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

އަދި އޭނާ އެއްވެސް އެއްޗެއް ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސިވިލް ކޯޓަށް ވަގަކު ވަންއިރު، ހަމަ އެ އިމާރާތުގައި ހިންގާ ފެމިލީ ކޯޓަށް ވެސް މި މަހުގެ ކުރީކޮޅު ދެ ފަހަރަށް ގެއްލުންދީ ވައްކަން ކޮށްފައިވެއެވެ.

އެ ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އިމާރާތުން އެންމެ ފުރަތަމަ ވައްކަން ކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށެވެ. އެއަށްފަހު، މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ދަންވަރު އަނެއްކާ ވެސް ވައްކަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެމިލީ ކޯޓަށް ދެ ފަހަރު ގެއްލުންދީ ވަގަށް ނެގީ ފައިސާތަކެކެވެ. ކޯޓުގެ އެއްވެސް ލިޔެކިޔުމެއް އަދި މުދަލެއް ނުގެއްލޭ ކަމަށް އޮފިޝަލް އޭރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.