ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް މިނިވަންކަން ހޯދައިދޭން ސިޔާސީ ބާރުވެރިކަން ހޯދުން މުހިންމުކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް ވަޑައިގެން ހދ. މަކުނުދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ތަރައްގީގެ ބާނީކަމަށާއި އެކަން ދިވެހި ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރާކަމަށެވެ.
އެމަނިކުފާނުގެ ވިސްނުމާއި އެއްގޮތަށް ދިވެހިންނަކީ ތަރައްގީ ބޭނުންވާ ތަރައްގީއަށް ލޯބި ކުރާ ބައެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރަކުން ގާނޫނީ ހަމަތަކާއި އެއްގޮތަށް ރައީސް ޔާމީން މިނިވަން ކުރާނެކަމަށެވެ. އެކަމަށް ބޭނުން ވަނީ ސިޔާސީ ބާރުވެރިކަންކަމަށާއި ސެޕްޓެމްބަރުގެ 9 ގައި ބާއްވާ އިންތިޚާބުން ރައްޔިތުން މި ސަރުކާރު ބަލި ކުރަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.