ޤައުމީ ޚިދުމަތުގައި ހިތްވަރާއިއެކު އުޅުއްވުމަށްފަހު، ދަރިފުޅުގެ ޖަނާޒާއަށް ފުއާދު އިންޑިއާއަށް!

ޤައުމީ ޚިދުމަތުގައި ހިތްވަރާއިއެކު އުޅުއްވުމަށްފަހު، ދަރިފުޅުގެ ޖަނާޒާއަށް ފުއާދު އިންޑިއާއަށް!

ގުޅުންހުރި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤްގެ ދަރިކަލުން، އަޙްމަދު ފުވާދު ނިޔާވުމާއި ގުޅިގެން ޖަނާޒާގައި ބައިވެރިވުމަށް ފުއާދު ވަޑައިގެންފިއެވެ.

ޢުމުރުން 47 އަހަރުގެ އަޙްމަދު ފުވާދު ނިޔާވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަހްމަދު ފުވާދު، ފުރަމޭގެ ބައްޔެއްގައި ފަރުވާ ހޯދަމުން އަންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ. ނަމަވެސް އޭނާ ނިޔާވި ކާޑިއެކް އެރެސްޓެއްގައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގައި އަހުމަދު ފަރުވާ ހޯއްދަވަމުން ދިޔައިރު، ކައިރީގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވީވެސް ފުއާދެވެ. ފުއާދުވަނީ އިންޑިއާގައި އަހުމަދަށް ފަރުވާ ދެމުންދިޔައިރު އިންޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަވައި ދަރުފުޅާއިއެކު ގިނަ ވަގުތު ހޭދަ ކުރައްވާފައެވެ.

އަހުމަދުގެ ހާލުދެރަވެ މިއަދު ހެނދުނު ނިޔާވުމާއިއެކު ފުއާދު ވަނީ ވަގުތުން އިންޑިއާއަށް ދިއުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޓިކެޓް ވަގުތުން ވަގުތަށް ނުލިބުމުން ފުއާދަށް ފުރޭތެއް ނުވިއެވެ. ޓިކެޓް ލިބިފައިވަނީ މިއަދު ހަވީރުގެ ވަގުތަކަށެވެ. ފުއާދު މިހާރު ވަނީ އިންޑިއާއަށް ދަރުފުޅުގެ ޖަނާޒާގައި ބައިވެރިވުމަށް ފުރާފައެވެ.

އަހުމަދު ފުއާދު

ހެނދުނުގެ ފްލައިޓުން ޖާގަ ނުލިބުމުން ފުއާދު ގޭގައި ނުހުންނަވައި މިއަދު ނިކުންނެވީ، އިލެކްޝަންގެ ޤައުމީ ވާޖިބަށެވެ. މިއަަދަކީ އިންތިޚާބުގައި ކެންޑިޑޭޓުން ކުރިމަތިލުމަށް އޮތް އެންމެ ފަހު ދުވަހަށްވާއިރު، މިއަދު ހުށަހެޅި ހުރިހާ ފޯމަކާއި ހަވާލުވީ ސީދާ ފުއާދެވެ. ނަމަވެސް ފުއާދު ފެނިގެން ގޮސްފައިވަނީ ނެގިމަޑުވެ، ހިތާމާގައި އިންނެވި މަންޒަރެވެ. ނަމަވެސް ހިތްވަރާއިއެކު ދެއްކެވި ސާބިތުކަމަށް ގިނަ ބައެއްތެ ލޯތްބާއި ތައުރީފް ވަނީ ފުއާދަށް ލިބިފައެވެ.

ފުއާދުގެ ދަރިފުޅު އަހުމަދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ