"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ސީކްއެލްއެއް

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ސީކްއެލްއެއް

Author
ފާތިމަތު ނާވީ
10 އޮގަސްޓް 2023 10:36
0

މިހާރު ސިނަމާގައި އޮތް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަރަން ޖޯހަރުގެ ފިލްމް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ސީކްއެލްއެއް ގެނެސްދޭނެ ކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ.

މިކަން ހާމަ ކުރަމުން ފިލްމު ކްރިޓިކް އަނޫޕަމާ ޗޯޕްޅާގެ ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ ފިލްމްގެ ޖާދޫގައި މުޅި ދުނިޔެ ޖެހިފައިވާ ކަމަށާއި އަދި ފިލްމްގެ މެއިން ކެރެކްޓަރުންނަށް އާންމުންގެ ލޯބި ވަރަށް ބޮޑަސް ލިބިފައިވާތީ ސީކުއަލް އެއް ނުވަތަަ ދެވަނަ ބައެއްގެ ވާހަކަތަށް ދެކެވެމުން އަންނަ ކަމަށެވެ.

އުންމީދު ކުރި ގޮތަށް މި ފިލްމް ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ފިލްމް އަކަށެވެ. މި ފިލްމް އަކީ ލީޑުން އާލިއާ ބަޓް އާއި ރަންވީރު ސިންގް ފެނިގެންދާ ފިލްމްއެކެވެ. މި ފިލްމް އަކީ އާންމުކޮން ކަރަން ގެނެސްދޭ ފާޑުގެ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދައިފައިވާ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

މީގެ އިތުރުން މި ފިލްމްގެ ކާސްޓުގައި ދަރުމެންދުރަ އާއި ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ވެސް ހިމެނެއެވެ. ފިލްމް ސިނަމާތަކަށް ގެނެސްފައިވަނީ މި ނިމިދިއަ ޖުލައި މަހުގެ 28 ވަނަ ދުވަހުގައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.