"ޗަންދޫ ޗެމްޕިއަން" ގައި ކާތިކް ފެންނާނީ މިގޮތަށް

"ޗަންދޫ ޗެމްޕިއަން" ގައި ކާތިކް ފެންނާނީ މިގޮތަށް

Author
ފާތިމަތު ނާވީ
04 އޮގަސްޓް 2023 07:43
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔާން ގެ ކުރިއަށް އޮތް ފިލްމް "ޗަންދޫ ޗެމްޕިއަން" ގައި ކާތިކް ފެންނާނެ ގޮތުގެ ފަސްޓްލުކް ދައްކާލައިފި އެވެ.

މިދިޔަ މަހު ލަންޑަނުގައި ޝޫޓިން ފެށި މި ފިލްމްގެ ފުރަތަމަ ޝޫޓިންގ ޝެޑިއުލް ނިންމާލައިފައިވާ އިރުގައި ފިލްމްގެ ފަސްޓް ލުކް އިން ކާތިކް ފެނިގެންދަނީ ވަރަށް ތަފާތު ގޮތަކަށެވެ.

ކާތިކް މި ފޮޓޯ ދޫކޮށްލަމުންވެސް ބުނެފައިވަނީ އޭނާ މި ފިލްމް ގައި ފެނިގެންދާނީ މީގެ ކުރިން ފިލްމް އަކުން ނުފެންނާނެ ފަދަ ގޮތަކަށް ކަމަށެވެ. ޕޯސްޓަރު އިންއެކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

"ޗަންދޫ ޗެމްޕިއަން" އަކީ ކާތިކް ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ފެންނާނެ އެއްޗެކެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން 14 ގައި އެވެ. މި ފިލްމަކީ ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމެކެވެ.

"ޗަންދޫ ޗެމްޕިއަން" ގެ ޕްރޮޑިއުސަރަކީ މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކާތިކްގެ "ސަތިއަޕްރޭމް ކީ ކާތާ" ގެ ވެސް ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.