އިންތިޚާބު ހިނގާގޮތް ބަލާ އީޔޫގެ ޓީމުން މަޖިލިސް ރައީސާއި ބައްދަލުކޮށްފި

އިންތިޚާބު ހިނގާގޮތް ބަލާ އީޔޫގެ ޓީމުން މަޖިލިސް ރައީސާއި ބައްދަލުކޮށްފި

އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންކަން ހިނގާގޮތް ބެލުމަށް ޔޫރަޕިއަން ޔޫނިއަނުން ފޮނުވާފައިވާ ޓީމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވައިފިއެވެ.

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކަވަރު ކުރުމަށް އީޔޫގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވެއެވެ. ދުރާލައި ކޮންމެ އިންތިޚާބެއްގެވެސް ކުރިން އީޔޫގެ ޓީމުތައް ރާއްޖެއައިސް ދައުލަތުގެ އިދާރާތަކާއި މުވައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި ބައްދަލުކޮށް އިންތިޚާބަށް ވެފައިވާ ތައްޔާރީތައް ދެނެގައެވެ.

އީޔޫގެ ޓީމުން މިއަދޔ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކޮށްފައިވަނީ މަޖިލީގުގެ އިދާރާގައެވެ. މިބައްދަލުވުމުގައި ދެކެވިފައިވަނީ ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި، އިންތިޚާބާއި ގުޅުންހުރި ކަންކަމާއި ގުޅޭ ވާހަތަކެވެ. އީޔޫގެ ވަފުފުން މަޖިލިސް ރައީސާއި ބައްދަލު ކުރެއްވިއިރު މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

އަދި މިބައްދަލުވުމުގައި ބައިވެރިވި މަޖިލިސް ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވަނީ ވައްދާފައެވެ. މިބައްދަލުމުގައި ދެން ބައިވެރިވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. ނަމަވެސް އާޒިމް ބައިވެރިވީ ކޮން ހައިސިއްޔަތަކުން ކަމެއް ސާފެއް ނުވެއެވެ.

މަޖިލީހުގެ އިދާރާގައި ބާއްވާ މިފަދަ ބައްދަލުވުންތަކުގައި މަޖިލީހުގެ ވަކިވަކި މެމްބަރުން ބައިވެރިނުވެއެވެ. އާޒިމްއަކީ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އުފެދުހު ޚިޔާލް ތަފާތުވުމުގައި ފުރަތަމަ ޕާޓީން ކަނޑާލި މެމްބަރެވެ. އާޒިމް ކަނޑާލުމާއިއެކު އެމްޑީޕީގެ 13 މެމްބަރަކު ވަނީ އެޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އާއި ގުޅިފައެވެ. ރިޔާސީ އިންތިޚާބަށް މަހެއްހާ ދުވަހަށް ގާތް ވަމުންދާއިރު އިލެކްޝަންގެ 5 މެމްބަރުންގެ ތެރެއިން 1 މެމްބަރެއްގެ ދައުރު ހަމަވެ މަޖިލީހަށް ވަނީ ނަމެއް ފޮނުވާފައެވެ.

މަޖިލީހުގައި އުފެދިފައިވާ ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން ނިމިދިޔަ ދައުރުގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ހުއްޓާލަން ޖެހިފައިވާއިރު މިމަހު 17 ވަނަ ދުވަހު ފަށާ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި އިންތިޚާބުގެ ކުރިން މިކަން ކުރެވިދާނެކަމަށް ނުބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *