1،989 ޖަމިއްޔާއެއް އުވާލުމަށް ޔޫތް މިނިސްޓްރީއިން އިޢުލާންކޮށްފި

1،989 ޖަމިއްޔާއެއް އުވާލުމަށް ޔޫތް މިނިސްޓްރީއިން އިޢުލާންކޮށްފި

Author
އަޒްފާ ރަޝީދު
27 ޖުލައި 2023 02:49
0

ލިޔެކިޔުން ހަމަނުވާތީ 1،989 ޖަމުޢިއްްޔާއެއް އުވާލުމަށް އިތުރު ފުރުސަތެއް ދިނުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ނިންމަވައިފިއެވެ.

ޔޫތު މިނިސްޓްރީއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާތީ 1،989 ޖަމިއްޔާ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މި އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، މި ޖަމްޢިއްޔާތަކުގެ ތެރެއިން ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދޭ ޖަމިއްޔާތަކުން، އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އިންއެކްޓިވް ޖަމިއްޔާތައް އުވާލުމަށް ނިންމައި ޔޫތު މިނިސްޓަރީން އެޖަމުޢިއްޔާތަކުގެ ލިސްޓު އާއްމުކޮށްފައި މިވަނީ އެ ޖަމުޢިއްޔާތަކަށް ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ދިނުމަށް ފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.