އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ފާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ފުއާދުގެ އިތުބާރު ނެތްކަމަށް ފާކުރީ ކޮމިޝަންގެ ތިއްބަވާ 5 މެމްބަރުންގެ ތެރެއިން 3 މެމެމްބަރުންގެ ތާއީދާއިއެކުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުއާދުުގެ އިތުބާރު ނެތްކަމަށް ފާސްކުރީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ފުއާދު ބައިވެރި ނުވާ ކޮމިޝަންގެ ޖަލްސާއެއްގައެވެ. އެޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބެވެ.
މިބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ހަބީބް ފިޔަވައި ދެން ތިއްބެވި ތިން މެމްބަރުން ވަނީ ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ތާއީދުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނުވަތަ ރައީސް އަދި ނައިބު ރައީސް ވަކި ކުރެވޭނެ އުސޫލެއް ބުނެފައެއް ނޯވެއެވެ.
އެ ކޮމިޝަނުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮންނަނީ ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން" ނުވަތަ "ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން ކަމަށެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ޤާނޫނު އޮތް ގޮތުން ފުއާދު އިސްތިއުފާ ނުދެއްވާކަމުގައި ވާނަމަ ކޮމިޝަނުން މިހެން ނަގާވޯޓަކުން އޭނާގެ މަޤާމު ނުގެއްލޭނެއެވެ. ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކޮށްފައި މިވަނީ ކޮމިޝަންގެ ތެރޭގައި އުފެދުނު ޚިޔާލް ތަފާތުވުމެއްގެ ތެރެއިން މި ޚިޔާލް ތަފާތުވުން ފެށުނީ ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަން މަސައްކަތް ކުރި ދަ ޑިމޮކްރެޓްސް އަށް ހުއްދަދޭނެ އުޅުނު ހިސާބުންނެވެ.
ރިޔާސީ އިންތިޚާބަށް ކުޑަ މުއްދަތައް އޮތްއިރު ފުއާދު މަޤާމުން ވަކި ކުރުމަށް ކޮމިޝަންގެ ތިން މެމްބަރަކު މަސައްޖަތް ކުރުމަކީ ކޮން ނިޔަތެއްގައި ކުރި ކަމެއްކަމެއް އަދި ސާފެއް ނުވެއެވެ. ފުއާދު ވަކި ކުރަަން ވޯޓު ދިނީ ކޮމިޝަންގެ ތިން މެމްބަރުން ކަމަށްވާ ޢަލީ ނަޝާޠު، ޑޮކްޓަރ މުޙައްމަދު ޒާހިރު އަދި މުޙައްމަދު ޢާޞިފްއެވެ.
One Response
ތިޔައީ އަންނިއަށް ވިކިފައިހުރި ފުއާދެކެވެ. ތީނަ ހުރެގެން މިފަހަރު އިންތިޚާބު އަގަޑު ބަގަޑު ކޮއްލާނެއެވެ.