މެކްރޮންއާއި އެރެދޮގާން: ގިނަ މައްސަލަތަކެއްގައި ދެބޭފުޅުންގެ ޚިޔާލުވަނީ ވަރަށް ބޮޑަށް ތަފާތުވެގެން ގޮސްފައި

މެކްރޮންގެ އުދަގުލުން ފްރާންސަށް ވަރަށް އަވަހަށް މިންޖު ވެވޭނެ ކަމަށް އުއްމީދު ކުރަން: އެރެދޮގާން

މެކްރޮންގެ އުދަގުލުން ފްރާންސަށް ވަރަށް އަވަހަށް މިންޖު ވެވޭނެ ކަމަށް އުއްމީދު ކުރަން: އެރެދޮގާން

ފްރާންސްގެ ރައީސް އެމްނޫލް މެކްރޮންއަކީ، ފްރާންސަށް އުފުލަން ޖެހިފަ އޮތް ބޮޑު ބުރައެއްގެ ގޮތުގައި ސިފަކުރައްވަމުން، މެކްރޮންގެ އުދަގުލުން ފްރާންސަށް ވަރަށް އަވަހަށް މިންޖު ވެވޭނެ ކަމަށް އުއްމީދު ކުރާކަމުގައި، ތުރުކީގެ ރައީސް ތަޔިބު އެރެދޮގާން ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

"މެކްރޮންއަކީ ފްރާންސަށް އުފުލަންޖެހިފަ އޮތް ބޮޑު ބުރައެއް. މެކްރޮންއާއި ފްރާންސް ހަގީގަތުގައި ދަރުކުރުމުންދަނީ ނުރައްކާތެރި މަގަކުން. އަހަރެންގެ އުއްމީދަކީ، މެކްރޮންގެ އުދަގުލާ ދުއްތުރާލުން ފްރާންސަށް އަވަހަށް މިންޖުވެވުން،" އިންސްތަންބޫލުގައި އޮތް ހުކުރު ނަމާދަށްފަހު، ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން އެރެދޮގާން ވިދާޅުވެފައި ވެއެވެ.

ފްރާސާއި ތުރުކީއާ ދެމެދު އޮތް ގުޅުންތައް ފަހުންއައިސް ވަނީ، ސީރިޔާއާއި ގުޅޭގޮތުން ދެގައުމުން ގެންގުޅެމުން އަންނަ ސިޔާސަތުތަކާއި ގުޅިގެންނާއި، އަދި ފްރާންސްގައި، ކީރިތި ރަސޫލާގެ ކާޓޫނު ކުރަހާ ޝާއިއުކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައެވެ.

ފާއިތުވެދިޔަ އޮކްޓޯބަރު މަހު، އިސްލާމްދީން މުޅި ދުނިޔޭގައިވެސް އޮތީ "ކާރިސާއެއްގައި"ކަމަށް ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވުމާއި ގުޅިގެން، ފްރާސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ގޮވާލި ގޮވާލުންތަކަށް ތަރުހީބުދީ، އެރެދޮގާން ވަނީ، ފްރާންސްގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލުމަށް އިސްލާމީ ގައުމުތަކަށް ގޮވާލައްވާފައެވެ.

ހަމަ އެމަހު، އެރެދޮގާންވަނީ، މެކްރޮން މުސްލިމުނާ ދެކޮޅަށް ގެންގުޅެމުން އަންނަ ސިޔާސަތުގެ ސަބަބުން، އޭނާއަކީ ބޭސްކުރައް ޖެހިފައިވާ ބައްޔެއް ސިކުޑިއަށް ޖެހިފައިވާ މީހެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އަންކާރާ އާއި އަދި ޕެރިސްއިން ވަނީ މިނޫނަސް، ބައިނަލް އަގުވާމީ އެތަކެއް މައްސަލަތަކެއްގައި ޚިޔާލު ތަފާތުވެފައެވެ. މީގެ ތެރޭގައި، ނަގޯނީޯ ކަރުބާޚުގެ މައްސަލާގައި އަރުމީނިޔާއާއި އަދި އާޒަރުބައިޖާންއާއި ދެމެދު ހިގަމުންދާ ހަމަނުޖެހުންތަކާއި، ލީބިޔާގައި ހިގަމުންދާ ހަމަނުޖެހުންތަކާ އަދި އީސްޓް މެޑިޓެރޭނިއަންއިން ތެޔޮ ނެގުމުގެ މައްސަލާގައި ގްރީސްއާއި ތުރުކީއާއި ދެމެދު އުފެދިފައިވާ ޚިޔާލުތަފާވުންތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *