ކަލާސް ޗެނަލް އިން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯވ ""ހަތުރޯން ކޭ ކިލާޅީ" ގެ 13 ވަނަ ސީޒަން މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ. މި ޝޯވ އަކީ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ ވަރަށް ވަރުގަދަ ޝޯވ އެކެވެ. މި ޝޯވ ގައި ފެނިގެން ދާނީ ސެލެބްރިޓީންނެވެ.
ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގައި ޝޫޓްކުރާ މި ޝޯވ ގައި ވަރުގަދަ ސްޓަންޓު ތަކެއް ފެނިގެންދާނެއެވެ. މީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ޝޯވ އެކެވެ. މި ފަހަރުގެ ސީޒަން ވެސް ޝޫޓްކޮށްފައި ވަނީ ދެކުނު އެފްރިކާގަ އެވެ.
މި ޝޯ ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 8:30 ގަ އެވެ. އަދި މިރެއިން ފެށިގެން ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ޝޯގެ އާ އެޕިސޯޑްތަކެއް ގެނެސްދޭނެ އެވެ.
މި ޝޯ އަކީ އަބަދުވެސް އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު މޫނުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ޝޯއެކެވެ. މިދިޔަ އަހަރު ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ގެ އެންމެ ފަހުގެ ސީޒަން ކާމިޔާބުކޮށްފައި ވަނީ ކޮރިއޮގްރާފަރެއް ކަމަށްވާ ތުޝާރް ކާލިއާ އެވެ.
ކޮމެންޓު ފޮނުވާ