130 ކިލޯގެ ޑްރަގް: އިސްކޮށް އުޅުނުކަމަށް ބުނާ ޝަހީބު ބަންދުން ދޫކޮށްލައިފި

130 ކިލޯގެ ޑްރަގް: އިސްކޮށް އުޅުނުކަމަށް ބުނާ ޝަހީބު ބަންދުން ދޫކޮށްލައިފި

ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އިސްކޮސް ހަރަކާތްތެރިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ޝަހީބު އިބްރާހީމް ބަންދުން ދޫކޮށްލައިފިއެވެ.

130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރަނީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ބާކީ ތިބި 5 ހެކިންނަކީ ޝަހީބުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭ ކަމެއް ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިތަކެއް ނޫންކަމަށް ވުމާއެކު، އޭނާ ބަންދުން ދޫކޮށްލެއްވުމަށް ނިންމަވާފައެވެ.

ގާޒީ ވަނީ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށް ނިންމަވާފައެވެ. މިމައްސަލާގައި މީގެ ކުރިންވެސް ޝަހީބް ދޫކޮށްލާފައި ވެއެވެ. ނަމަވެސް އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭނާ ބަންދުކުރިއެވެ.

130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި ހިމެނޭ އަދި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްމީހެއްގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ޝަހީބް އިބްރާހީމުގެ މައްޗަށް ބޮޑު ތިން ދައުވާއެއް ވަނީ އުފުލާފައެވެ.

ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަދި މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކޮށްފައިވާ ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ވެސް ގުޅުން ހުރި މީހެއްކަމަން ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި އެމައްސަލައިގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާންގެ 7 މީހުން ކްރިމިނަލް ކޯޓުން އޭރު ބަންދުން ދޫކޮށްލިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު ހިންގި ޚާއްސަ އޮޕަރޭޝަންގައި 130 ކިލޯގެ މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ހުޅުމާލޭ ފަޅުތެެރޭގައި އޮތް ޖަންބު ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރައްކާކޮށްފައި ހުއްޓައެވެ. މިތަކެތި އަތުލައިގަތީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *