"ޗަންދޫ ޗެމްޕިއަން"ގެ ބަތަލާގެ ރޯލަށް ކެޓްރީނާ ނުވަތަ ރަޝްމިކާ

"ޗަންދޫ ޗެމްޕިއަން"ގެ ބަތަލާގެ ރޯލަށް ކެޓްރީނާ ނުވަތަ ރަޝްމިކާ

Author
ފާތިމަތު ނާވީ
10 ޖުލައި 2023 12:20
0

މި ހަފްތާގައި އިއުލާން ކުރި ޒުވާން އެކްޓަރު ކާތިކް އާރިޔާންގެ ފިލްމް "ޗަންދޫ ޗެމްޕިއަން" ގެ ބަތަލާއިންގެ ގޮތުގައި ފެނިގެންދާނީ ކެޓްރީނާ ކައިފް ނުވަތަ ރަޝްމިކާ މަންދަނާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން 14 ގަ އެވެ. މި ފިލްމް އަކީ ކާތިކް މިދިޔަ އަހަރު ސޮއިކުރި ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމްއެކެވެ.

މި ފިލްމް އާއި ގުޅޭ ގޮތުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައިއެއް ނުވެއެވެ. ނޫސްތަކުން ރިޕޯޓް ކުރި ނަމަވެސް އަދި މިހަބަރަކީ ކަށަވަރު ހަބަރެއް ނޫނެވެ. އަދި ފިލްމް އިން މީގެތެރެއިން ފެނިގެންދާނެ ސީދާ ބަތަލާއެއްވެސް ނޭގެއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

"ޗަންދޫ ޗެމްޕިއަން" ގެ ޕްރޮޑިއުސަރަކީ މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކާތިކްގެ "ސަތިއަޕްރޭމް ކީ ކާތާ" ގެ ވެސް ޕްރޮޑިއުސަރު ސާޖިދު ނަޑިއަޑްވާލާ އެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

މީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްހަދާ ފިލްމްއެކެވެ. ފިލްމްގައި ކާތިކް ފެނިގެންދާނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލުންނެވެ. މި ފިލްމްއާއި ގުޅޭ މާގިނަ މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.

"އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ކަބީރްގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގްއާ އެކީ 2021 ގައި ގެނެސްދިން ކްރިކެޓް ފިލްމު "83″ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.