8 މީހުންނާއި އެކު ދަތުރު ކުރި ދޯންޏެއް އަލިހުރަސް ކަނޑައަށް އަޑިއަށް ގޮސްފި

8 މީހުންނާއި އެކު ދަތުރު ކުރި ދޯންޏެއް އަލިހުރަސް ކަނޑައަށް އަޑިއަށް ގޮސްފި

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2023 09:01
0

އދ. މަހިބަދޫ އަށް ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

ފުލުހުން ބުނީ މާލެ އިން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އަލި ހުރަސް ކަނޑަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިން ފުލުނުން ހަރަކާތްތެރި ވަމުންދާކަމަށެވެ.

މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ފުރައިގެން ދިޔަ މި ދޯނި މިރޭ އަޑިއަށް ދިޔައިރު ބޯޓުގައި 8 މީހުން ތިއްބެވެ. ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން އދ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ދޯނީގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފައެވެ.

ފުލުހުންގެ ލޯންޗު މިހާރު ދަނީ މަހިބަދޫއަށް ދަތުރުކުރަމުން ކަމަށާއި ލޯންޗުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މިއީ ރިކާޑޯ ނަމަކަށް ކިޔާ ދޯންޏެކެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.