ހައްޤުބަސް ބުނުމަށް ފުރުޞަތު ލިބުނު ދުވަހުގައި ބަސްބުނަން ނުކެރި ފަހަށް ޖެހުމަށްފަހު މިއަދު ދައްކަވާ ވާހަތައް ބަލައިގަތުމާއިމެދު ވިސްނަންޖެހޭކަމަށް ވިދާޅުވެ ޑރ.އިޔާޒް ދެއްކެވި ވާހަކަތަކަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހްމަދު ހައިލަމްއާއި އަލްހާން ފަހުމީ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގެ މިސްރާބު މިއަދު އޮތް ދިމާލާއި، ޝަރުއީ ދާއިރާގެ ކަންކަން ހިނގަމުންދާ ގޮތަށް އިޝާރާތް ކުރައްވައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ލިޔުއްވާފައިވާ ލިޔުމަށް އިޝާރާތް ކުރައްވައި ޑރ.އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހައްޤުބަސް ބުނަށް ފުރުސަތު ލިބި އެފުރުޞަތުގެ ބޭނުން ޙައްޤު ގޮތުގައި ބޭނުން ނުކުރައްވައި މިއަދު ދައްކަވާ ވާހަތައް ޤަބޫލު ކުރަން ދަތިކަމަށެވެ.
ތިމާ އަށް ޙައްގުބަސް ބުނަން ފުރުޞަތުލިބި، އަދި ފަހުގެ ނިޔާ އިއްވުމުގެ އެންމެ އިސްފަރާތްކަމުގައިހުރެ، އެފުރުޞަތުގެ ބޭނުން މަގާމަށްޓަކައި ދޫކޮށްލުމަށްފަހު، އާރާއި ބާރު ގެއްލުމުން ދައްކާ ވާހަކަ ބަލައިގަތުމުގައި ދެގުނަ ވިސްނަން ޖެހެއެވެ.
-ޑރ.އިޔާޒް
އިޔާޒްގެ މިވާހަކަތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑޜ.އަބްދުﷲ ދީދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ،
އިސްލާމީ ދައުލަތަކަށް ދިމާވާނެ އެންމެ ބޮޑު ނުރައްކަލަކީ ޢަލްމާނީ ލާދީނީ ނިޒާމްތަކަށް އެއްބާރުލުން ދީގެން، ދީނީ ފޭރާން ލައިގެން ތިބޭ މުނާފިޤު ޝައިޚުން. މާތް الله އެބައިމީހުންގެ ނުރައްކަލުން ދިވެހި އުއްމަތް ސަލާމަތް ކުރައްވާށި آمين يا ربّ العالمين" ކުރީގެ އުއްތަމަ ފަޑިޔާރު ވިދާޅުވި އެވެ.
އިސްލާމީ ތާރީޚް ހެކިދޭ ފަހުޒަމާނުގެ މުނާފިޤު ޝައިޚުންގެ ސަބަބުން އިސްލާމީ އުއްމަތަށް ކުރިމަތިވި އިޢާދަނުކުރެވޭނެ ގެއްލުން https://t.co/FCvjqQmp6X
— Dr. Ahmed Abdulla Didi (@AABDULLADIDI) October 7, 2020
އިޔާޒުގެ މި ޓުވީޓަށް ރައްދުދެމުން، ކުރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުން އިސްތިއުފާދެއްވާފައިވާ އަޙްމަދު ހައިލަމް ވިދާޅުވީ ޙާއްޤުބަހަކީ ސިޔާސީ މަންފާތައް ހާސިލް ކުރަން އެކަނި ބޭނުން ކުރާ ބަހަކަށް ޝެއިހުންކަމަށް ހެދިގެން އުޅޭ ބައެއް މީހުން ހަދާފައިވާކަމަށެވެ.
ޙައްޤު ބަހަކީ ތުނބުޅި ދިގުކޮށްގެން އުޅޭ ބަޔަކު “ދީން ހިމާޔަތް” ކުރުމުގެ ނަމުގައި ކޮންމެފަހަރަކު ސިޔާސީގޮތުން ބައިޢަތު ހިފާ ކޮޅަކަށް ބުނާ ބަހަކަށް ވާކަށް ނުޖެހޭ. https://t.co/n9m4GRLHdF
— Ahmed Hailam (@AhmedHailam) October 7, 2020
އިޔާޒުގެ ވާހަތަކަށް ރައްދު ދެއްވައި، މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ މަޤާމަށް ކުރިމަތިލައްވާ އަލްހާން ފަހުމީ ވިދާޅުވީ މީހުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވާއިރު، އިޔާޒު މީހުންނަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމް ކުރުމަށް ހިއްވަރުދީ މަސައްކަތް ކޮށްފައި ހުރިކަމުގެ ހެކި އެބަހުރިކަމަށެވެ.
މާ ޖާހިލުވެގަނެގެން ވާނުވާ ނޭނގި މީހުން ބޮލުގަ ޒާތްޒާތު ބަދުނާމު އަޅުވަން ނޫޅުއްވާ! މަނިކުފާނު ސޭކު ހެދިގެން ޝަރީޢަތުގަ ހުންނަ މައްސަލަތަކަށް ނުފޫޒު ފޯރުވަން އުޅުނުކަމުހެ ސާފު ހެކި އެބަހުރި! އަނގަ މައިތިރި ކުރައްވާ! https://t.co/jmzkrUosvV
— ????? ????? – ?? (@AlhanFahmy) October 7, 2020
ކުރީގެ އުއްތަމަ ފަޑިޔާރަށް އަމާޒުކޮށް ޑރ.އިޔާޒު ދެއްކެވި ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިޔާގައި ދަނީ ހޫނު ޒުވާބެއް ކުރެވެމުންނެވެ. ބައެއް ބޭފުޅުން ކުރީގެ އުއްތަމަ ފަޑިޔާރާއި އެއްކޮޅަށް ވާހަކަ ދައްކަވާއިރު، އޭނާ އާއި ދެކޮޅަށްވެސް ބައެއް ބޭފުޅުން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ