ނޫސްވެރިންނަށް ތުހުމަތު ކުރާ ސިޔާސީ ފަރާތްތަކުގެ ޕްރެސްތައް ބޮއިކޮޓްކުރޭ: އެމްޖޭއޭ

ނޫސްވެރިންނަށް ތުހުމަތު ކުރާ ސިޔާސީ ފަރާތްތަކުގެ ޕްރެސްތައް ބޮއިކޮޓްކުރޭ: އެމްޖޭއޭ

Author
އަޒްފާ ރަޝީދު
03 ޖުލައި 2023 07:03
0

ނޫސްވެރިންނަށް ތުހުމަތުތައް ކުރާ ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ހިތްވަރު ދީ ނޫސްވެރިންނާއި އެކު އެ ޖަމިއްޔާ އޮންނާނެކަމަށް ބުނެފިއެވެ.

އެމްޖޭއޭ އިން މިކަމަށް ގޮވާލީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް ސިޔާސީ އެކި ފަރާތްތަކުން ބާއްވަމުން އަންނަ ބައްދަލުވުންތަކުގަ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ވަކިވަކި ނޫސްވެރިންނާއި މެދު ސާބިތުނުހިފޭ ތުހުމަތުތައްކޮށް ނޫސްވެރިކަން ޑިސްކްރެޑިޓް ކުރުމަށް މަސައްކަތްކުރަމުންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

ނޫސްވެރިންނަކީ ގައުމުގައި ހިނގާ ކަންކަން އާންމުންނާ ހަމައަށް ގެނެސްދީ ގައުމީ މައްސަލަތައް އާންމު ރައްޔިތުންނަށް ތިލަކޮށް، ބާރުގައި ތިބޭ ފަރާތްތައް ޒިންމާދާރު ކުރުމަށް ކޮންމެ ދުވަހަކު ބުރަ މުހިންމު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

ނޫސްވެރިން ކުރިމަތިކުރުވާ ސުވާލުތަކާއި އެ މީހުން ލިޔާ ލިޔުންތަކާ ގުޅިގެން ނޫސްވެރިންނާއި ދިމާކޮށްލައި އެމީހުންނާ މެދު ޒާތީވެ ތުހުމަތުތައް ކުރުމަކީ ޑިމޮކްރެޓިކް ވެއްޓެއްގައި ބަލައިގަންނާނެ ކަންކަން ނޫން ކަމަށް އެ ބަޔާނުފައިވެ އެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެކަން ކުރަނީ ގަސްތުގައި ރާވައިގެން ނޫސްވެރިކަމުގެ މަސައްކަތަކީ ގައުމަށް ބޭނުމެއް ނެތް ކަމެއްގެ ގޮތުގައި ދައްކައި އާންމުންގެ މެދުގައި ނޫސްވެރިކަމާއި މެދު ނުބައި ތަސައްވަރެއް އުފަންކޮށް، ނޫސްވެރިކަމަށް އޮންނަ އިތުބާރު ގެއްލުވާލުމަށް ކަމަށްވެސް ބުނެފައިވެ އެވެ.

އެމްޖޭއޭ އިން ވަނީ މީގެ ފަހުން މިފަދަ އަމަލުތައް ތަކުރާރުކުރާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް ނޫސްވެރިންނަށް ހިތްވަރުދޭ ކަމަށް ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A AThif k
Noos verkan tho aee noos verin thaaeedh kuraa faraai thaku ge vaahaka tha varafoni ko liyefa aneh koluge vaahahaka thimaa hithu ehche lie fithuna ufeh dhun..... Aee noos veri kan kama vanyaa varah sali.... Bayaan nery